ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 16:56
ދިރާގު
ދިރާގު
ދިރާގު
ދިރާގު ފައިބާރ ބްރޯޑްބޭންޑް
ދިރާގު ފައިބާރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ފަށައިފި
 
މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮކްޓޯބަރުގެ ނިޔަލަށް

ދިރާގުގެ ފައިބާރ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އިތުރު ހަރަދެއް ނުކޮށް ދެ މަސްދުވަހުގެ މުއްދަތަށް ހައި ސްޕީޑު އިންޓަނެޓް އާއި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮކްޓޯބަރުގެ ނިޔަލަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ފައިބާރ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ގެންގުޅޭ ޕެކޭޖްގެ އަގުގައި އެ ޕެކޭޖަށް ވުރެ މަތީ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސްޕީޑް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުން ބޭނުންވާ ނަމަ އަނބުރާ ކުރީގެ ޕެކޭޖަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް