ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 16:01
ރަފޭލް ނަދާލް
ރަފޭލް ނަދާލް
ގެޓީ އިމޭޖަސް
ޔޫއެސް އޯޕެން
ޑިއެގޯ ސްވެޓްސްމަން ބަލިކުރުމަށް ފަހު ޔޫއެސް އޯޕެން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ރަފޭލް ނަދާލް ދަތުރު ކޮށްފި
 
ނަދާލް އަކީ މި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް

އެމެރިކާގައި ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިންގެ ރަފޭލް ނަދާލް ދަތުރުކޮށްފިއެވެ.

33 އަހަރުގެ ނަދާލް މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް ނަދާލް ގެންދިޔައީ 6-4، 7-5 އަދި 6-2 ގެ ނަތީޖާ އަކުންނެވެ.

ސެމީ ފައިނަލުގައި ނަޑާލް ބައްދަލުކުރާނީ މި މުބާރާތުގެ 24 ވަނަ އަށް ރޭންކް ކުރެވިފައިވާ މަޓޯ ބަރްޓަލީއާއެވެ.

މަޓޯ ބަރްޓަލީ މި މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މޮންފިލްސް ބަލި ކުރުމަށްފަހުގައެވެ.

ކުއާޓާގެ މެޗަށް ފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ ފިޒިކަލީ އޭނާ ހުރީ ވަރަށް ފިޓްކޮށް ކަމަށާއި ހޫނު ގަދަ ވުމުގެ ސަބަބުން ދަތިތަކަކާއި ދިމާވާ ކަމަށެވެ. މީގެ އިތުރުން ނަދާލް ބުނީ މި މެޗުން މޮޅުވީ ވަރަށް އުނދަގުލުން ކަމަށާއި އޭނާ އާއި ވާދަކުރި ކުޅުންތެރިޔަކީ ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި އޭނާއަށް ކާމިޔާބީއަށް އެދޭކަމަށެވެ.

މި މުބާރާތުގެ ފޭވަރިޓުގެ ގޮތުގައި ބެލެވޭ ނަދާލް މި މުބާރާތް ކާމިޔާބު ކޮށްފި ކަމަށްވާނަމަ އޭނާ، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ރޮޖާ ފެޑްރާ އާއި އަރާ ހަމަ ކުރެވޭނެއެވެ. ނަދާލް މި މުބާރާތް 19 ފަހަރު ކާމިޔާބު ކޮށްފައިވާ އިރު ފޭޑްރާ މި މުބާރާތް 20 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް