ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 19:17
ސްރީދޭވީގެ ސްޓެޗޫ
ސްރީދޭވީގެ ސްޓެޗޫ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްރީދޭވީގެ ވެކްސް ސްޓެޗޫ ދައްކާލައިފި
 
ސްރީދޭވީގެ ސްޓެޗޫ ދައްކާލާފައިވަނީ ބުދަ ދުވަހު

ކުއްލި ގޮތަކަށް ނިޔާވެފައިވާ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަރ ސްޓާރ ސްރީދޭވީގެ ވެކްސް ސްޓެޗޫ ދައްކާލައިފިއެވެ.

ސްންގަޕޫރުގައި ހުންނަ މެޑަމް ޓްސައުޑްސް ގައި ބުދަ ދުވަހު މި ސްޓެޗޫ ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު މި ހަފްލާގައި ސްރީދޭވީ ދެ ދަރިން ކަމަށްވާ ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރުގެ އިތުރުން ސްރީދޭވީގެ ފިރިމީހާ ބޮނީ ކަޕޫރު ވަނީ ބައިވެރިވެފައެވެ.

ސްރީދޭވީގެ އުފަން ދުވަސް ކަމަށްވާ މިދިޔަ އޮގަސްޓްމަހުގެ 13 ވަނަ ދުވަހު މެޑަމް ޓުސައުޑްސް އިން ވަނީ ސްރީދެވީ ގެ ވެކްސް ސްޓެޗޫ ވަރަށް އަވަހަށް ދައްކާނެކަމަށް ބުނެފައެވެ.

މި ސްޓެޗޫގައި ސްރީދޭވީ ފެނިގެންދަނީ 80 އަހަރު ތަކުގައި މަޝްހޫރު ވެގެން ދިޔަ ފިލްމްގެ ލަވައެއް ކަމަށްވާ "ހަވާ ހަވާއީ" ގައި ސްރީދޭވީ ފެނިގެންދާ ހެދުމުގައެވެ. މީޑިއާގައި ދައުރުވަމުންދާ އެއް ފޮޓޯގައި ސްރީދެވީގެ ހެދުމާއި ޖާންވީ ކުޅެން ހުއްޓާ ފެނިގެންދެއެވެ.

އަނެއް ފޮޓޯއެއްގައި ސްރީދޭވީގެ ސްޓެޗޫއާއި ކައިރިގައި ތިން މީހުން ހުއްޓިގެން ތިއްބާ ފެނިގެންދެއެވެ. ސްރީދޭވީ މަރުވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ސްރީދެވީގެ ކުއްލި މަރު ވެގެން ގޮސްފައިވަނީ މުޅި އިންޑަސްޓްރީއަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ކަމަށެވެ.

ސްރީދޭވީ މަރުވެފައިވަނީ އެނާގެ ފިރިމީހާގެ ނެފިއުގެ ވެޑިންނަށް ޑުބާއީއަށް ގޮސް އުޅެނިކޮށް އޭނާ ހުރި ހޮޓެލް ރޫމްގެ ބާތްޓަންގެ ތެރެއަށް ގެނބިގެންނެވެ. ސްރީދޭވީގެ ޖަނާޒާ ބާއްވާފައިވަނީ މުމްބާއީގައެވެ. ސްރީދޭވީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި ގިނަ އަދަދެއްގެ ފޭނުން ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
12%
8%
4%
58%
15%
4%
ކޮމެންޓް