ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 18:56
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
އިންޑަސްޓްރީ ލީޑަރ 2019
އިންޑަސްޓްރީ ލީޑަރ 2019ގެ މަގާމަށް ފެނަކަ އެމްޑީ ސައީދު ހޮވިވަޑައިގެންފި
 
މި އެވޯޑަށް ދުނިޔޭގެ ގިނަ ގައުމަކުން 369 ކުންފުންޏަކުން ވާދަ ކުރި
 
ފެނަކައިގެ ދެ ޕްރޮޖެކްޓެއް ވަނީ ދެ އެވޯޑަކަށް ޝޯޓްލިސްޓް ވެފަ
 
އެވޯޑަށް ޝޯޓްލިސްޓް ވެފައިވާ ތިން ކުންފުނީގެ ތެރޭގައި ފެނަކަ ހިމެނޭ

އޭޝިއަން ޔޫޓިލިޓީ ވީކް އިން ހޮވާ "އިންޑަސްޓްރީ ލީޑަރ 2019"ގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ހޮވިވަޑައިގެންފިއެވެ.

ކުންފުނީގެ ތައްސަވަރާ، ޕަރފޯމެންސް އަދި ލީޑަރޝިޕްއަށް ބެލުމަށްފަހު ދެވޭ މި އެވޯޑަށް ސައީދު ހޮވިވަޑައިގެންފާވާއިރު، ފެނަކަ ކޯޕަރޭޝަންގެ ދެ ޕްރޮޖެކްޓެއް ވަނީ އޭޝިއަން ޔޫޓިލިޓީ ވީކް އިން ހޮވާ އިތުރު ދެ އެވޯޑަކަށް ނޮމިނޭޓް ވެފައެވެ. އެއީ "ބެސްޓް ޓްރާންސްމިޝަން ޑިސްޓްރިބިއުޝަން ނެޓްވޯކްސް އެންޑް ފީލްޑް އޮޕަރޭޝަންސް" އަށް ފެނަކައިގެ "ލެޔިންގް އޮފް އިންޓަރ އައިލެންޑް ސަބްމެރިން ޕަވަރ ކޭބަލް ގްރިޑް" އަދި "ބެސްޓް ރިނިއުއެބަލް އެނަރޖީ" އެވޯޑަށް ފެނަކައިގެ "ގްރީން އައިލެންޑް- މަޑަވެލި އެންޑް ހޯޑެއްދޫ ޕްރޮޖެކްޓް" އެވެ.

އެވޯޑަށް ޝޯޓްލިސްޓްވެފައިވާ ތިން ގައުމުގެ ތެރޭގައި ފެނަކަ ހިމެނިފައިވާއިރު މި އެވޯޑަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން 369 ކުންފުންޏަކުން ވަނީ ވާދަކޮށްފައެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުންވަނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް