ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 16:38
އިބްރާހިމް ސިނާން (ސިންނެ)
އިބްރާހިމް ސިނާން (ސިންނެ)
އެމްއެންޑީއެފް
ސިފައިން
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
 
ގެއާއި 200 މީޓަރު ދުރުގައި ހުރި ސެނަހިޔާއަށް ދިޔައި ދުވަމުން
 
މާލެއައީ އަންހެނުން ޑޮކްޓަރަށް ދެއްކުމަށް
 
ވަޒީފާގައި 4 އަހަރު ހޭދަކޮށްފައިވޭ

ސިފައިންގެ ޚިދުމަތަކީ އަގުހުރި ޚިދުމަތެކެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ އެންމެ މުހިއްމު އެއް ރޯލެއް އަދާކުރާ އެއް ބަޔަކީ ސިފައިންނެވެ. ވަޒީފާގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސިފައިންގެ އޮފިސަރުން ރެއާ ދުވާލު ކުރާ ބުރަ މަސައްކަތްތަކަށް ދިވެހިން ޝުކުރުވެރި ވެއެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ވަޒީފާގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން ރައްޔިތުންގެ ލޯތްބާއި ޤަދަރު ހޯދަން ސިފައިން ބަހައްޓަވާ އަހައްމިއްޔަތު ކަމެވެ. އެގޮތުން އެފަދަ ހާދިސާއެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ.

އުމުރުން 28 އަހަރުގެ އިބްރާހިމް ސިނާން (ސިންނެ) އަކީ އެމްއެންޑީއެފް ކޯސްޓްގާރޑުގައި މަސައްކަތް ކުރައްވާ ފަރާތެކެވެ. އެގޮތުން މި ވަޒީފާގައި 4 އަހަރު ހޭދަކޮށްފައިވާއިރު، ސިނާނަށް ވަނީ ވަރަށް ތަފާތު ހާދިސާއެއް ކުރިމަތިވެފައެވެ.

ޗުއްޓީ ނަގައިގެން އަންހެނުންނާއެކު ސިނާން މާލެއައީ އަންހެނުން ޑޮކްޓަރަށް ދެއްކުމަށެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މުޅިރޭ ހޭލާ ހުރުމަށްފަހު ގެއަށް ދޫކޮށްލުމުން ވެފައި ހުރި ވަރުބަަލިކަން މަތީގައި ސިނާން އަރާމުކޮށްލަން އޮށޯތެވެ. ނަމަވެސް ސިނާން "ރާއްޖެއެމްވީ" އަށް ކިޔާދިން ގޮތުގައި އަރާމުކޮށްލަން ޖައްސާލިތަނާ ގޭގައި އުޅޭ ބައެއްގެ ހާސްވުމުގެ އަޑު އިވެން ފެށިއެވެ. އެގޮތުން ގޭގައި އުޅޭ ދެމަފިރިއެއްގެ 15 ދުވަސްވީ ދަރީގެ ނޭވާ ހުއްޓިގެން އުޅޭކަން އެނގުމުން ސިނާން ދުވެފައި އެދިމާލަށް ދިޔައެވެ. އަދި ވަގުތުގެ ހައްސާސްކަމަށް ބަލައި ވަގުތުން އެ ކުއްޖާ އަތްދަނޑި މައްޗަށް ލައިގެން ބޭރަށް ނުކުންނަން ދިޔައެވެ.

6 ވަނަ ބުރީގައި ތިބި ނަމަވެސް ލިފްޓްވެސް ހަލާކުވެފައިވާތީ ސިނާން ދިޔައީ އެ ތުއްތު ކުއްޖާ އުރާލައިގެން ސިޑިމަތިން ދުވަމުންނެވެ.

ސިނާންއާއި އޭނާގެ ކުޑަކުޑަ އާއިލާ

އަމިއްލަ ރައްކާތެރި ކަމަަށްވުރެ ބޮޑަށް އެ ތުއްތު ކުއްޖާގެ ރައްކާތެރި ކަމަށް ބަލައިގެން ދުވަމުން ގޮސް މަގަށް ނުކުމެ ސެނަހިޔާއަށް މިސްރާބު ޖެހީ އިތުރަށް ވަގުތު ބޭކާރު ނުކުރުމުގެ ގޮތުންނެވެ. އެގޮތުން ދުވަމުން ކަހަލަ ގޮތަކަށް ގެއާއި 200 މީޓަރު ދުރުގައި ހުރި ސެނަހިޔާއަށް އޭނާ ދިޔައިރުވެސް ތުއްތު ކުއްޖާއަށް ވާގޮތް ބަލަމުން ދިޔައެވެ. އޭރު ފަހަތުން ކުއްޖާގެ މައިންބަފައިންވެސް އާދެއެވެ.

ހޮސްޕިޓަލަށް ދިޔަ އިރަށް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު، ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުލް ލަތީފް ވަނީ ވަގުތުން ކުއްޖާއަށް ފަރުވާ ދީފައެވެ. އެގޮތުން އޭނާގެ މައިންބަފައިންވެސް އޭރު ހޮސްޕިޓަލަށް އައިސްފައިވާއިރު، އަންގާރަ ދުވަހުގެރޭ ދަންވަރު އެ ތުއްތު ކުއްޖާ ވަނީ ދޫކޮށްލާފައެވެ. އެގޮތުން އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ސިނާން ދެއްވި އެހީތެރިކަމަށް އެމްއެންޑީއެފް އިންވެސް ތައުރީފް ކޮށްފައިވާއިރު، މިފަދަ އޮފިސަރުންގެ ސަބަބުން ސިފައިންގެ ޚިދުމަތާމެދު ރައްޔިތުންނަށް އޮންނަ ލޯބި އިތުުރުވެގެންދާކަން ޔަޤީނެވެ. އެގޮތުން ސިފައިންގެ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރާ ހާލު، ސިނާންގެ އެ ހިތްވަރަށް ސާބަސް ދެމެވެ!

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
1%
91%
0%
2%
0%
6%
ކޮމެންޓް
4 ސެޕްޓެންބަރ 2019 | ބުދަ 18:05
ބޯބުަޅި
ސާނަ އަށް ސާބަސް ތިގޮތަށް އެހީ ތެރިވެދެނީމަދުމީހަކު ގިނަމީހުން ކުރާކަމަކީ ފުރަތަމަ ނަގަނީފޮޓޯ އޭގެ ފަހުގާ ފޭސްބުކުގައާއި ޓުއިޓާގާ އަޕުލޯޑުކުރާނީ އޭގެފަހުން ވާގޮޔްވެެެެސް ބަލާލާނީ މިހާލު މިއަދުރާޖޭގެ ހިތާމަހުރިކަމެށް އަދިވެސްއެށް ފަހަރު ސާނަށް ހަމަސާބަސް....