ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 16:58
ތޫފާން ޑޯރިއަންގައި ބަހާމާސްގެ މަގުގައި ފެންބޮޑުވެފައި
ތޫފާން ޑޯރިއަންގައި ބަހާމާސްގެ މަގުގައި ފެންބޮޑުވެފައި
އަލްޖަޒީރާ
ތޫފާން ޑޯރިއަން
ތޫފާން ޑޯރިއަން ގައި ހަތް މީހަކު މަރުވެއްޖެ
 
ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ނޭނގެ
 
ތޫފާން ވަނީ އެމެރިކާއާ ދިމާލަށް މިސްރާބު ޖަހާފައި

ބަހާމަސްގެ ތާރިހުގައި މިހާތަނަށް އެގައުމަށް އެރި އެންމެ ވަރުގަދަ އެއް ތޫފާން ކަމަށްވާ ''ޑޯރިއަން'' ތޫފަންގައި ހަތް މީހަކު މަރުވެއްޖެ އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ބަހަމާސް އަށް ޑޯރިއަންގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނެގަނެވިފައެއް ނުވެއެވެ. ބަހާމާސްގެ ބޮޑު ވަޒީރު ހިއުބާޓް މިނިސް ވިދާޅުވީ، ތޫފާނުގެ ސަބަބުން ހަތް މީހަކު މަރުވެފައިވާ ކަމަށެވެ. ހާލުގައި ޖެހުނު މީހުންނަށް ކާނާ ފޯރުކޮށްދިނުމަށް ސިފައިންގެ ބޯޓުތައް ހަރަކާތްތެރިވަމުންދާ ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ. އެމީހުން އެންމެ ބޮޑަށް އިސްކަންދެނީ އެންމެ ބޮޑަށް ގެއްލުންވެފައިވާ އެބަކޯ އަދި ގްރޭންޑް ބަހާމާ އައިލެންޑްސް އަށެވެ.

ރެޑްކޮރްސްގެ ތަރުޖަމާނަކު ބުނީ، ގްރޭންޑް ބަހަމާގެ އަދި އެބަކޯގެ 45 ޕަސެންޓްގެ ގެތަކަށް ގެއްލުންވެ މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ދެ ސަރަހައްދަށް 295 ކިލޯ މީޓަރުގެ ވައި ޖެހި ފެންބޮޑުވެ، އެމެރިކާގެ ފޮލްރިޑާއާ ދިމާއަށް ތޫފާން ވަނީ މިސްރާބު ޖަހާފައެވެ. ވައި 175 ކިލޯމީޓަރަށް މަޑުވެފައިވިއަސް އަދިވެސް ނުރައްކާތެރި ކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

ފްލޮރިޑާގެ އައްސޭރިފަށާއި، ޖޯޖިއާ ސްޓޭޓްގެ އުތުރާއި ދެކުނުގެ އަދި ކެރޮލީނާ ސަރަހައްދުގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުވަނީ ދީފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް