ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 17:08
ބޮޑުވަޒީރު ބޮރިސް ޖޮންސަން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ބޮޑުވަޒީރު ބޮރިސް ޖޮންސަން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ގޫގުލް
ބްރެކްސިޓް
އަވަސް އިންތިހާބެއް ބޭއްވުމަށްވުރެ ބޭނުންވަނީ ބްރެކްސިޓްގެ ކަންކަން އަވަސްކުރަން: ބޮރިސް ޖޮންސަން
 
ބްރެކްސިޓްގެ މައްސަލައިގައި އީޔޫއާއެކު އަލުން މަޝްވަރާއަކަށް ދިޔުމުގެ ފުރުސަތު ބޮޑުވަމުންދާ ކަން ޖޮންސަން ފާހަގަކުރެއްވި
 
ބްރެކްސިޓްގެ ކަންތައް ފަސްކުރަން ގަރާރެއް ފާސްނުކޮށްފިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމަށް ވިދާޅުވި
 
ބްރެކްސިޓްގެ ކަންތައް ފަސްކުރަން ވޯޓު ނުދިނުމަށް ހައުސްގެ ހުރިހާ މެންބަރުންނަށް ޖޮންސަން އިލްތިމާސްކުރެއްވި

އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބާއްވަން ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ ބްރެކްސިޓްގެ ކަންތައް ނިންމަންކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޖޮންސަން ވިދާޅުވީ އީޔޫއިން ވަކިވުން (ބްރެކްސިޓް)ގެ ކަންތައް ފަސްކުރަން ހައުސް އޮފް ކޮމަންސްގައި ވޯޓު ނުދިނުމަށް ހައުސްގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ބްރެކްސިޓްގެ ކަންތައް ފަސްކުރަން ގަރާރެއް ފާސްނުކޮށްފިނަމަ އެކަމުގެ ސަބަބުން އިނގިރޭސިވިލާތަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.

ބްރެކްސިޓްގެ މައްސަލައިގައި އީޔޫއާއެކު އަލުން މަޝްވަރާއަކަށް ދިޔުމުގެ ފުރުސަތު ބޮޑުވަމުންދާކަން ވެސް ޖޮންސަން ފާހަގަކުރެއްވިއެވެ. އޭނާ މިހެން ވިދާޅުވީ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އޭނާ ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށްވިދާޅުވެ، އިނގިރޭސި އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ކޯބިން ވިދާޅުވީ އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ކުރިޔަށް ގެންދަން ޖޮންސަން މަސައްކަތްކުރައްވާ މައްސަލާގައި ހައުސް އޮފް ކޮމަންސްގެ ކުއްލި ޖަލްސާއެއް އަންނަ ހަފްތާގައި ބޭއްވުމަށް ގޮވާލާނެ ކަމަށެވެ.

އެއްބަސްވުމަކާނުލައި އީޔޫއިން ވަކިވުމަށް ބޮޑުވަޒީރު ޖޮންސަން ކުރައްވަމުންދާ މަސައްކަތް ހައުސް އޮފް ކޮމަންސްގެ ތެރެއިން ހުއްޓުވާނެ ކަމުގެ އިންޒާރު ހައުސްގައި ހިމެނޭ އިދިކޮޅު ލޭބާ ޕާޓީގެ އިތުރުން އިދިކޮޅު އެހެން ޕާޓީތަކުން ވެސް ވަނީ ދީފައެވެ. މިގޮތުން ގަރާރެއް ފާސްކޮށްގެން ނޫނީ އަވަސް އިންތިޚާބެއް ބައްވައިގެން ނަމަވެސް އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ޖޯންސަން ކުރައްވާ މަސައްކަތާ ދެކޮޅަށް އިދިކޮޅު ހުރިހާ ޕާޓީތަކެއް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ހަމަޖެހިފައި އޮތް ތާރީހަކީ އޮކްޓޯބަރު 31 އެވެ. އަދި އެ ތާރީހުގައި އީޔޫއާއެކު އެއްބަސްވުމަކަށް ނާދެވުނު ކަމުގައި ވިޔަސް އެގައުމު އީޔޫއިން ވަކިވާނެ ކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް