ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 08:23
ދޫނި ބްރޭންޑްގެ ޕްރޮޑަކްޓްތަކެއް
ދޫނި ބްރޭންޑްގެ ޕްރޮޑަކްޓްތަކެއް
ދަ ގެސްޓު
ދަ ގެސްޓުން "ދޫނި" ތައާރަފް ކޮށްފި
 
ދޫނި ބްރޭންޑްގެ ބާލިސްތަކުގައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ މަޝްހޫރު ފައިބަރ ކަމަށް ވިދާޅުވި
 
ބްރޭންޑްގެ އެއްޗެހީގެ ކޮލެޓީއާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހުސެން އަބްދުﷲ ވިދާޅުވި

ރާއްޖޭގައި ނަން މަޝްހޫރު ފިހާރައެއް ކަމަށްވާ ދަ ގެސްޓުން "ދޫނި" ބްރޭންޑްގެ ބާލީހާއި ބެޑްޝީޓް އަދި ބާލީހު އުރަ ފަދަ ތަކެތި މާކެޓަށް ނެރެފިއެވެ.

ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ ދަ ގެސްޓު ފިހާރަ ކައިރީގައި ވަނީ މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތުގައި ލިންޗްޕިންގެ ޖެނެރަލް މެނޭޖަރ ހުސެން އަބްދުﷲ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ބޮޑުބެރުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހުސެން އަބްދުﷲ ވިދާޅުވެފައިވަނީ ދޫނި ބްރޭންޑްގެ ބާލިސްތަކުގައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ މަޝްހޫރު ފައިބަރ ކަމަށާއި އެ ބްރޭންޑުގެ އެއްޗެހި، މަޝްހޫރު ހޮޓެލްތަކުގައިވެސް ބޭނުންކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ދޫނި ބްރޭންޑަކީ ލިންޗްޕިންގެ އަމިއްލަ ބްރޭންޑެއް ކަމަށާއި މި ބްރޭންޑްގެ އެއްޗެއްސަކީ ބައިނަލްއަގްވާމީ މާކެޓުގައި ވެސް ވާދަކުރެވޭނެ ފުރުސަތު އެ ކުންފުންޏަށް ހޯދައިދޭ އެއްޗެހި ކަމަށެވެ. އަދި އެ ބްރޭންޑްގެ އެއްޗެހީގެ ކޮލެޓީއާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހުސެން އަބްދުﷲ ވިދާޅުވިއެވެ.

ދޫނި ބްރޭންޑްގެ ޕްރޮޑަކްޓްތައް ދަ ގެސްޓާއި ލިންޗްޕިންގެ ފިހާރަތަކުން ލިބޭނެއެވެ. އަދި ހޯލްސޭލްކޮށްވެސް ގަނެވޭނެއެވެ.

ދަ ގެސްޓަކީ ގެސްޓް ހައުސް، ސަފާރީ، ރިސޯޓް އަދި ހޮޓެލްތަކަށް ބޭނުންވާ ހައި ކުއަލިޓީ ޕްރޮޑަކްޓްތައް ވިއްކަމުންދާ ފިހާރައެކެވެ. އެގޮތުން ބާތް ލިނެން، ބެޑް ލިނެން، ގްލާސް ވެއަރ، ކަޓްލަރީ، އެމެނިޓީސް އަދި ސްޕާ އައިޓަމްސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
9%
70%
0%
9%
4%
9%
ކޮމެންޓް