ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 00:00
ޝުޝްމީތާ
ޝުޝްމީތާ
އިންސްޓަގްރާމް
ޝުޝްމީތާ ސެން
ޝުޝްމީތާ ރާއްޖޭގައި ފްރީ ޑައިވިން ދަސްކުރަނީ
 
ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް ނޭނގެ

އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޝުޝްމީތާ ސެން, ފްރީ ޑައިވިން ދަސްކުރަން ފަށައިފިއެވެ.

ހޯމަ ދުވަހު ޝުޝްމީތާ ވަނީ ރާއްޖޭގެ ރިސޯޓެއްގައި ޑައިވް ކުރާ ވީޑިއޯތަކެއް އަޕްލޯޑް ކޮށްފައެވެ. އެހެން ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ނޭނގެއެވެ.

ޑައިވްކުރާ ވީޑީއޯއް އަޕްލޯޑް ކުރުމަށް ފަހު ޝުޝްމީތާ ބުނީ، އުމުުރުން 43 އަހަރުގައި ''ސްކައިވް ޑައިވް'' ދަސްކުރަން ފެށީ ކަމަށެވެ. އެއްވެސް ކަމަކަށް ނުވަތަ އެއްވެސް މީހަކަށް ވަކި ކަމެއް ކުރަން ލަހެއް ނުވާނެ ކަމަށެވެ. އެ ކުރާ ކަމަކަށް ބޭނުންވަނީ ފުރިހަމަ އިތުބާރާއި ޔަގީންކަން ކަމަށް އޭނާ ބުންޏެވެ.

ޝުޝްމީތާ ވަނީ އޭނާގެ ޑައިވިން އިންސްޓަރަކްޓަރު ހުސެއިން އަށް ޝުކުރު އަދާކޮށްފައެވެ.

ޝުޝްމީތާ ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ ލޯބިވެރިޔާ ރޯހްމާން ޝޯލް އަދި ދެ އަންހެން ދަރިންނާ އެކު އެވެ. އެ ދެކުދިންނަކީ ވެސް އެޑްޕޮޓް ކޮށްފައިވާ ކުދިންނެވެ.

1994 ވަނަ އަހަރު މިސް ޔުނިވާސްގެ މަގާމު ހޯދާފައިވާ ޝުޝްމީތާ ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ރާއްޖެއަކީ އޭނާ އަށް ވަރަށް ކަމުދާތަނެއް ކަމަށާއި، ކިތަންމެ ގިނައިން ވެސް ޒިޔާރަތް ކުރަން ބޭނުންވާ ކަމަށް ޝުޝްމީތާ ވަނީ މީގެ ކުރިން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
89%
0%
0%
11%
0%
ކޮމެންޓް