ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 23:58
ސާހޯ ގެ ޕޯސްޓަރު
ބޮލީވުޑް
ސާހޯ: ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށް!
 
މި ފިލްމަށް ފުރަތަމަ ސަންޑޭގައި އާމްދަނީގެ ގޮތުގައި ވަނީ 29.48 ކްރޯޑް ރުޕީސް ލިބިފައި
 
މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 79 ކްރޯޑް ރުޕީސް ވަނީ ލިބިފައި

މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ފުރަތަމަ ސަންޑޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަކަށް "ސާހޯ" ވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި މި ފިލްމަށް ފުރަތަމަ ސަންޑޭގައި އާމްދަނީގެ ގޮތުގައި ވަނީ 29.48 ކްރޯޑް ރުޕީސް ލިބިފައެވެ. ޕްރަބާސް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 79 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

މި ފިލްމްވަނީ ހިންދީ ބަހުގެ އިތުރުން ޓެމިލް، ތެލުގު އަދި މަލަޔާލަމް އިން ރިލީޒް ކޮށްފައެވެ. ސުޖީތް ޑައިރެކްޓް ކޮށްފައިވާ މި އެކްޝަން ތްރީލާގައި ޕަރްބާސް އާއި ޝްރައްދާގެ އިތުރުން ނީލް ނިތިން މުކޭޝް، ޗަންކީ ޕާންޑޭ، ޖެކީ ޝްރޯފް އަދި މަންދިރާ ބޭދީ ފެނިގެން ދެއެވެ.

"ސާހޯ" ގައި ފެނިގެން ދަނީ ގޭންގްސްޓާރުންނާއި އެކި ވައްތަރުގެ ކުށްވެރިން ބާރުގެ ދަށުގައި އޮންނަ ވާޖީކިޔާ ސިޓީއެއް ސާފުކުރަން އިންޓެލިޖެންސް އޮފިސަރަކު ކުރާ މަސައްކަތެވެ.

މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން މީގެ ކުރިން ފުރަތަމަ ސަންޑޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމް ތަކަކީ އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" (27.54 ކްރޯޑް ރުލީސް)، ސަލްމާން ޚާންގެ "ބާރަތް" (27.90) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް