ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 09:03
ބީސެވަންއެއިޓްސެވަން ފްލައިޓް
ބީސެވަންއެއިޓްސެވަން ފްލައިޓް
ސިންގަޕޯރް އެއަރލައިން
ސިންގަޕޯރް އެއަރލައިންގެ ބީސެވަންއެއިޓްސެވަން ފްލައިޓް ޖައްސައިފި
 
މިއީ އިލެކްޓްރޯނިކް ވިންޑޯ ހިމެނޭގޮތަށް އުފެއްދި އެންމެ ފުރަތަމަ ފްލައިޓް
 
ފްލައިޓު ޖެއްސި ވަގުތު ފެންބަޑީގެ ސަލާމެއް ވަނީ އަރުވާފަ

ސިންގަޕޯރ އެއަރލައިންގެ ބޮއިންގ ސެވަންއެއިޓްސެވަން ފްލައިޓު ރާއްޖެއަށް ޖައްސައިފިއެވެ.

މި ފްލައިޓު އަލަށް ދިވެހިރާއްޖެއަށް ޖައްސާފައިވަނީ އާދިއްތަ ދުވަހުގެ ރޭގައެވެ. އަދި ފްލައިޓު ޖެއްސި ވަގުތު ފެންބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

މިކަމާއި ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ސިންގަޕޯރ އެއަރލައިންގެ ރާއްޖޭގައި ހުންނަ އޮފީހުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒުހުރީ އާއި އެމްއޭސީޢެލް ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހުގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވާހަކަ ދައްކަވާފައިވެއެވެ.

އަހުމަދު ޒުހުރީ ވިދާޅުވިގޮތުގައި މި ފްލައިޓަކީ އިލެކްޓްރޯނިކް ވިންޑޯ ހިމެނޭގޮތަށް އުފެއްދި އެންމެ ފުރަތަމަ ފްލައިޓެވެ. މި ވިންޑޯއިން އެމީހެއްގެ ކެބިންއާއި ދިމާލަށް އަލިއެޅޭ މިންވަރު ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ ސޯލިހު ވިދާޅުވިގޮތުގައި ސިންގަޕޯރ އެއަރލައިންގެ ފްލައިޓުތައް ރާއްޖެއަށް ޖައްސާތާ މިހާރު 35 ވަރަކަށް އަހަރު ވެދާނެއެވެ. އަދި ރާއްޖެއާއި ޔޫރަޕާއި ދެމެދު ވައިގެ ދަތުރުތައް ކުރަން އެންމެ ފުރަތަމަ ފަށާފައިވަނީވެސް ސިންގަޕޯރ އެއަރލައިންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހުރިހާ އަހަރުތަކެއްގައި ރާއްޖެއާއެކު މަސައްކަތް ކުރަމުން އައިސްފައިވާތީ އެކަމަށް އޭނާ ޝުކުރު ދެންނެވިއެވެ.

ސިންގަޕޯރ އެއަރލައިންސްއާއި ރާއްޖެއާއި ދެމެދު ކުރިއަށްދާ ޖޮއިންޓް މާކެޓިންގ ކެމްޕެއިންގެ ތެރެއިން އެންމެ ހަ މަސްދުވަހުގެ ތެރޭގައިވެސް ބޮޑު ފަރަގެއް ފެނިގެންގޮސްފައިވާކަމަށް އެމްއެމްޕީއާރްސީގެ ފަރާތުން ވާހަކަ ދައްކަވަމުން ތޮއްޔިބް މުހައްމަދު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
9%
64%
0%
0%
9%
18%
ކޮމެންޓް