އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ވިޔަފާރި - އޭއެޗް ބްރަދަރސް

އޭއެޗް ބްރަދަރސްގެ ފިހާރައެއް ހުޅުމާލޭގަ

  • މި ފިހާރައިން މާލެއެކޭ އެއް އަގެއްގައި ތަކެތި ލިބިގެންދާނެ
  • ފިހާރަ ހުޅުވުމުގެ ގޮތުން ސެޕްޓެމްބަރ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ
  • ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ މަހެއްގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އިނާމް ލިބިގެންދާނެ

ފާތިމަތު އުދުމާ
udhooooo

ކ. މާލެ 2 ސެޕްޓެންބަރ 2019 | ހޯމަ 09:01 5,390

މީ ހުޅުމާލޭގައި ހުޅުވި އޭއެޗް ބްރަދަރސްގެ ފުރަތަމަ ފިހާރަ - އާކައިވް

އޭއެޗް ބްރަދާރސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހުޅުވި މި ފިހާރަ ހުޅުވާދެއްވީ އޭއެޗް ބްރަދަރސްގެ އެޗްއަރ އެންޑް އެޑްމިން ޑިރެކްޓަރ، ފާތިމަތު ސަންޔާ ހުސައިން އެވެ. މި ފިހާރައިން މާލެއެކޭ އެއް އަގެއްގައި ތަކެތި ލިބިގެންދާނެ ކަމަށާއި ބައްލަވައި ގަންނަވާ ތަކެތި ޑެލިވަރ ކޮށްދެއްވާނެ ކަމަށް ވެސް އޭއެޗް ބްރަދަރސް އިން ބުންޏެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އޭއެޗް ބްރަދަރސްގެ ސޭލްސް އެންޑް މާކެޓިންގް އެގްޒެކިއުޓިވް، އައިޝަތް އަޒްމާ ބުނީ ހުޅުމާލޭގައި ފިހާރަ ހުޅުވުމަގުޅިގެން ފިހާރައިގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކަމުގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ސެޕްޓެމްބަރު އެކަކުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށާއި ސަތޭކަ ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރައްވާ ކޮންމެ ބޭފުޅަކަން ކޫޕަނެއް ލިބިގެން ދާނެކަމަށް އަޒްމާ ބުންޏެވެ.

ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ މަހެއްގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އިނާމް ލިބިގެންދާނެއެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ދޮންނަމެޝިނަކާ މައިކްރޯވޭވް އަވަނެއް، ދެވަނައަށް ހޮވޭ ފަރާތަކަށް ގޭސް އުނދުނަކާ އެއަރ ކޫލަރެއްގެ އިތުރުން ތިން ވަނައަށް ހޮވޭ ފަރާތަކަށް އެލެކްޓްރިކް އަވަނަކާ ފްރިޖެއް ލިބިވަޑައިގަންނަވާނެއެވެ.

އަޒްމާ އިތުރަށް ވިދާޅުވީ އޭއެޗް ބްރަދަރސްގެ މަގްސަދަކީ މާލޭގައި ލިބެން ހުންނަ ތަކެތި ހުޅުމާލެއިން ވެސް ލިބޭނެގޮތް ހަމަޖައްސާދިނުން ކަމުގައެވެ.

އޭއެޗް ބްރަދަރސް އަކީ ހާޑްވެއަރގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ 28 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް