ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 19:29
ސެކްރެޓަރީ ކިއަރ ސްޓާމަރ
ސެކްރެޓަރީ ކިއަރ ސްޓާމަރ
ގެޓީ އިމޭޖަސް
ބްރެކްސިޓް
ޔޫކޭ އީޔޫއިން ވަކިވުން ހުއްޓުވުމަށް ގާނޫނެއް ފާސްކުރަނީ
 
އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ހަމަޖެހިފައި އޮތް ތާރީހަކީ އޮކްޓޯބަރު 31
 
ސަރުކާރުން އެ ގާނޫނަށް އަމަލު ކުރާނެ ކަމާއިމެދު ޝައްކު
 
މިހެން ނިންމީ ބްރެކްސިޓް ހުއްޓުވުމަށް

އިނގިރޭސި ވިލާތް އީޔޫއިން ވަކިވުން ހުއްޓުވަން ބޭނުންވާ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެކަމާއި ދެކޮޅަށް ގާނޫނެއް އެކުލަވާލަން ބޭނުންވާ ކަމަށް ޝެޑޯ ބްރެކްސިޓް ސެކްރެޓަރީ ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި މިކަން ކުރައްވަން ނިންމެވީ އިނގިރޭސިވިލާތް އީޔޫއިން ވަކިކުރުމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ކުރައްވަމުންދާ މަސައްކަތް ހުއްޓުވުމަކަށް ގެންނަން ކަމަށެވެ. ނަމަވެސް އޭނާ އިތުރު ތަފްސީލަކަށް ނުދެއެވެ.

ކެބިނެޓް މިނިސްޓަރ މައިކަލް ގޯވް ވިދާޅުވިގޮތުގައި އެ ގާނޫނު ފާސްކުރި ނަމަވެސް އެގައުމުގެ ސަރުކާރުން އެ ގާނޫނަށް އަމަލު ކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. އަދި ބްރެކްސިޓްގެ ސަބަބުން، ބައެއް ކާއެއްޗެހީގެ އަގުތައް މައްޗަށް ދާނެ ކަމަށާއި އެހެނިހެން ބައެއް ތަކެތީގެ އަގުތައް ދަށަށް ދާނެއެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ހަމަޖެހިފައި އޮތް ތާރީހަކީ އޮކްޓޯބަރު 31 އެވެ. އަދި އެ ތާރީހުގައި އީޔޫއާއެކު އެއްބަސްވުމަކަށް އާދެވުނު ކަމުގައި ވިޔަސް ނުވަތަ ނާދެވުނު ކަމުގައި ވިޔަސް އެގައުމު އީޔޫއިން ވަކިވާނެ ކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖޮންސަން ވިދާޅުވެފައިވަނީ އެއްބަސްވުމަކަށް އާދެވެންދެން މަޑުކުރުމަށްވުރެ ވަގުތު ޖެހުމުގެ ކުރިން އީޔޫއިން ވަކިވުންވެސް އޭނާއަށް މާ ކަމުދެއެވެ. އަދި އެކަމާއި ގުޅިގެން ބްރެކްސިޓްއާއި ހިލާފު މެމްބަރުން ވަނީ އެކަން ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް