ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 18:39
ައައިއެސްއަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން
ައައިއެސްއަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން
ޓްވިޓަރ
މަގޭ ރިޕޯޓް
ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!
 
ވައްކަން ކުރުމުގައިވެސް ދީނީ ހަރުކަށި މީހުންގެ ބައިވެރިވުން އޮތް
 
ކަންކަން ރޭވުމުގައި ބޭނުންކުރީ މިސްކިތްތައް
 
ސަލްޓަން ޕާކްގައި ބޮންގޮއްވުމުގެ ހާދިސާގައިވެސް ދީނީ ހަރުކަށި މީހުންގެ ބައިވެރިވުން އޮތް

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ހާމަކުރެއްވި މައުލޫމާތުތަކާއެކު ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ނުރައްކާ މި ކުޑަކުޑަ ޤައުމަށް އޮތް މިންވަރު ވަނީ ހާމަވެގެންގޮސްފަ އެވެ. އެ މީހުން އަޑީގައި ތިބެ އެތަށް ދިވެހިންގެ ފުރާނަ ގެއްލުވާލުމުގެ ރަހުމު ކުޑަ، ލާއިންސާނީ އަމަލުތައް ހިންގިކަން ސާބިތުވާން އޮތްއިރު، ވައްކަންކުރުމުން ފެށިގެންގޮސް، ބޮޑެތި ޖަރީމާތައް ހިންގުމުގައި އެ މިހުންތިބިކަން ހާމަވެފައިވެއެވެ.

ސަލްޓަން ޕާކްގައި ބޮންގޮއްވުމުގެ ހާދިސާއިން ފެށިގެން، ޑރ. އަފްރާޝީމް އަލީ މަރާލުމުގައިވެސް ތިބީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތައްކަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައިވެސް ތިބީ ދީނީގޮތުން މިދެންނެވި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކެވެ. ދިވެހި ދަރިން ޖިހާދުކުރުމުގެ ނަމުގައި އެކި ޤައުމުތަކަށް ފޮނުވުމުގެ އަޑީގައިވެސް ތިބީ މި ދެންނެވުނު ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މީހުން ކަމަށާއި، އެކަމުގައި ހަރަކާތްތެރިވެފައިވަނީ އެއްބައެއްކަން ފާހަގަވާކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމިޝަނުން އެއްކުރި މައުލޫމާތުތަކުން އެނގޭގޮތުގައި މި ދެންނެވި ފަރާތްތަކާއި ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅުންތައްވެސް އޮވެ އެވެ. ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތީ، ހަރުކަށި ދީނީ ފިކުރުގެ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ނިސްބަތްވާ މީހުންނެވެ.

ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުން އެނގޭގޮތުގައި އިސްލާމިކް ސްޓޭޓަށް ތާއީދުއޮތްކަން ހާމަކޮށް، މާލޭގައި ކުރި މުޒާހަރާގައިވެސް ބައިވެރިވެފައިވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ އެއް ބަޔެކެވެ. އަދި އެމީހުން ކަންކަން ރާވަން ބޭނުންކޮށްފައިވާ މަރުކަޒުތަކަކީ މިސްކިތްތައްކަން ވަނީ ހާމަވެފަ އެވެ. އެގޮތުން ރިލްވާން މަރާލުމުގެ ކަންކަން ފުރުޤާން މިސްކިތާއި، ނޫރު މިސްކިތުގައި ރާވައި ކުރިއަށްގެންދިޔައިރު، ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައްވެސް ކޮށްފައިވަނީ މިސްކިތްތަކެއްގަ އެވެ.

މިއީ އަދި އެނގެން އޮތް މިންވަރު އެވެ. ދީނުގެ ނަމުގައި މަސައްކަތްކުރާ ހަރުކަށި ވިސްނުމުގެ މީހުންގެ ޖަރީމާތަކުން ހާމަވެފައިވާ މިންވަރެވެ.

ހަނދާނަށް އަންނަނީ ހައްދުފަހަނަ އަޅާފައިވާ ވިސްނުމުގެ މީހުންގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކެވެ. އެމަނިކުފާނު ވަނީ މީގެކުރިން ތަކުރާރުކޮށް އެތަށް ފަހަރެއްގެ މަތިން ހަނގުރާމައަށްދާ ދިވެހިންގެ އަދަދު އިތުރުވަމުން އަންނަކަމާއި، ހައްދުފަހަނަ އަޅާފައިވާ މީހުންގެ ނުރައްކާ ބޮޑުވަމުން އަންނަކަމުގެ ރަތް ސިގްނަލްތައް ދީފައެވެ. ނަމަވެސް ސަރުކާރުތަކުން ދެކުނީ އެއީ ސަރުކާރުތަކާއި ދެކޮޅަށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކެއްކަމަށެވެ. އެކަމަށް ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި އޭރު ސަރުކާރުތަކުން ދިޔައީ އެވާހަކަތައް ދޮގުކުރަމުންނެވެ.

ދިވެހިރައްޔިތުންނާއި ހަމައަށް ކަންކަން ތިލަވިއިރު، ރައްކާތެރިކަމާއެކު ރޭގަނޑުގައި ގެޔަށް ދެވިދާނެކަމުގެ ޔަޤީންކަންވެސް މިހާރު ވަނީ ގެއްލިފަ އެވެ. އެ މީހުންގެ ނުރައްކާ އޮތް މިންވަރަކީ ބުނެވޭ ބަހަކުން ކަތިލެވިދާނެކަމުގެ ބިރުވެރި ހާލަތަށް ޤައުމުގެ ކަންކަން ވެއްޓުމެވެ.

މިއަދު މުޅި ޤައުމުވެސް ގަބުލުކުރަންޖެހޭ އެއް ހަޤީޤަތަކީ ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ސަލާމަތްވުމަށް މުޅި ޤައުމު އެކުގައި ތެދުވާންޖެހިފައިވަ ވަގިތި ޖެހިއްޖެކަމެވެ. ހަރުކަށި މީހުންގެ ނުރައްކަލުގެ ވާހަކަ ދައްކަންޖެހިއްޖެކަމެވެ. ފާޅުގަޔާއި ސިއްރުގަޔާއި، އެ މީހުންގެ ނުރައްކަލުން މި ލޮބުވެތި ޤައުމާއި، މި ޤައުމުގެ ރައްޔިތުންނާއި، އިސްލާމީ ވަހުދަތު ހިމާޔަތްކުރަންޖެހިފައިވާކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
4%
75%
18%
4%
ކޮމެންޓް
2 ސެޕްޓެންބަރ 2019 | ހޯމަ 14:14
މަނަސް
ބުޅަލުކަރުގައި ރަނގަބީލުފަތިއަޅުވަން މީދާ ފިސާރިމޮޅަށް ވާހަކަދެއްކިއެވެ. އެކަމަކު އެކަންކުރާނީ ކާކުތޯ އެހުމުން ކުރާނެއެކަކުވެސް އޮތީނުވެފައެވެ. މިއީ މީދަލުގެވާހަކައެވެ. ވާނީ ކިހިނެތްބާވައެވެ؟
1 ސެޕްޓެންބަރ 2019 | އާދީއްތަ 21:25
ހަރުކަށި
ރާއްޖެ އެމްވީ ހަމަރަންގަޅަށްވެސް މޮޔަވެފަ