އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ލުއި ޚަބަރު - އެލީ ގޮލްޑިން

އެލީ ގޫލްޑިން އާއި ކެސްޕާ ޖޮޕްލިން ކައިވެނިކޮށްފި

  • އެންގޭޖް ކުރީ 2018 ވަނަ އަހަރު

އަލީ ސަމާޚް
AliSamah8

ކ. މާލެ 1 ސެޕްޓެންބަރ 2019 | އާދީއްތަ 18:10 1,698

އެލީ ގޫލްޑިން އާއި ކެސްޕަ ޖޮޕްލިން - އާކައިވް

ގާތް ރަހުމަތްތެރިން ކަމަށްވާ ކެޓި ޕެރީ އާއި އޮލަންޑޯ ބްލޫމްގެ ހާޒިރުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލީ ގޫލްޑިން އޭނާގެ ލޯބިވެރިޔާ ކެސްޕަ ޖޮޕްލިންއާ ކައިވެނިކޮށްފިއެވެ.

އުމުރުން 32 އަހަރުގެ އެލީ އާއި ކެސްޕާ ކައިވެނި ކޮށްފައިވަނީ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ޔޮކްޝަޔަރގެ ގޮތިކް ޔޯކް މިނިސްޓަރ ކެތީޑްރަލްގައެވެ. ރިޕޯޓްތައް ބުނާ ގޮތުން، ކައިވެނީގެ ހަފްލާގައި އެލީ އަޅައިގެން ހުރި ހެދުން ތައްޔާރު ކުރުމަށް 640 ގަޑި އިރު ހޭދަކޮށްފައިވެއެވެ. އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިން ބައިވެރިވި އެ ހަފްލާގައި ގިނަ ސެލެބްރިޓީން ތަކެއް ވަނީ ހާޒިރުވެފައެވެ. އަދި ކައިވެނީގެ ހަފްލާއެއް އެހެން ތަނަކު ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެލީ ގޫލްޑިން އާއި ކެސްޕަ އެންގޭޖް ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. ދިރިއުޅުމުގައި މީގެ ކުރިން ނަފްސާނީ ގޮތުން އެތައް ކަމެއް ދިމާވެފައިވާ ގޫލްޑިން ވަނީ 2016 ވަނަ އަހަރު ބުނެފައެވެ. ލަވަ ކިޔުމުގެ ތެރެއަށް ގޫލްޑިން ނިކުމެފައިވަނީ 2009 ވަނަ އަހަރު '' އަންޑާ ދަ ޝީޓްސް'' ލަވައިންނެވެ. އޭނާ ވަނީ މިހާތަނަށް 66 އެވޯޑަކަށް ނޮމިނޭޓްވެ 17 އެވޯޑެއް ހޯދާފައެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު '' ލަވްމީ ލައިކް ޔޫ ޑޫ'' އަށް ލިބިފައިވާ ގްރެމީ އެވޯޑް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް