ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 09:47
ޝްރައްދާ ކަޕޫރު
ޝްރައްދާ ކަޕޫރު
އިންސްޓަގްރާމް
ބޮލީވުޑް
ސާހޯ ގެ ފެށުން ވަރަށް ކާމިޔާބު
 
ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 24.40 ކްރޯޑް ރުޕީސް ލިބިފައި

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޕްރަބާސް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސާހޯ" ވެގެން ގޮސްފައިވަނީ މިއަދު ރިލީޒްކުރި ބޮލީވުޑް ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ކޮށްފައިވާ ޓްވީޓްގައިވާގޮތުން މި ފިލްމަށް ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 24.40 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ސުޖީތް ޑައިރެކްޓް ކޮށްފައިވާ މި އެކްޝަން ތްރީލާގައި ޕަރްބާސް އާއި ޝްރައްދާގެ އިތުރުން ނީލް ނިތިން މުކޭޝް، ޗަންކީ ޕާންޑޭ، ޖެކީ ޝްރޯފް އަދި މަންދިރާ ބޭދީ ފެނިގެން ދެއެވެ.

"ސާހޯ" ގައި ފެނިގެން ދަނީ ގޭންގްސްޓާރުންނާއި އެކި ވައްތަރުގެ ކުށްވެރިން ބާރުގެ ދަށުގައި އޮންނަ ވާޖީކިޔާ ސިޓީއެއް ސާފުކުރަން އިންޓެލިޖެންސް އޮފިސަރަކު ކުރާ މަސައްކަތެވެ.

މި އަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ބާރަތް" އަށެވެ. މި ފިލްމަށް ވަނީ 42.30 ކްރޯޑް ރުޕީސް ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "މިޝަން މަންގަލް" އެވެ. މި ފިލްމަށް ފިލްމް ރިލީޒްކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 29.16 ކްރޯޑް ރުޕީސްއެވެ.

"ސާހޯ" ހަދާފައި ވަނީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މިއީ ޕްރަބާސް އެންމެ ފަހުން ކުޅެފައިވާ ''ބާހުބަލީ 2" އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ބޮޑު ބައި ޝޫޓް ކޮށްފައިވަނީ ދުބާއި، އަބޫދާބީ އަދި ރޮމޭނިއާގެ އިތުރުން ޔޫރަޕްގެ އެހެނިހެން ގައުމުތަކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި