ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 23:21
ޖޫރިމަނާ ކުރެވުނު އެއަރ ކެނެޑާ
ޖޫރިމަނާ ކުރެވުނު އެއަރ ކެނެޑާ
ސީ.އެން.އެން
ކެނެޑާ
ސީޓްބެލްޓުގައި، ފްރެންޗުން "ލިފްޓް" ލިޔެފައި ނެތުމުން އެއަރ ކެނެޑާ ޖޫރިމަނާ ކޮށްފި
 
ފްރެންޗުން ލިޔެފައިހުރި "އެކްޒިޓް" އަދި "ވޯނިން" ސައިންތައް އިނގިރޭސި ބަހަށްވުރެ ކުދިވުން
 
ޝަކުވާތަކުގެ ތެރެގައި ހިމެނެނީ، ސީޓްބެލްޓުގައި ފްރެންޗުން "ލިފްޓް" ލިޔެފައި ނެތުމުގެ ޝަކުވާ

ސީޓްބެލްޓުގައި ފްރެންޗުން "ލިފްޓް" ލިޔެފައި ނެތުމުން 15000 ޑޮލަރުން އެއަރ ކެނެޑާ ޖޫރިމަނާ ކޮށްފިއެވެ.

ފްލައިޓުތަކުގައި ދަތުރުކުރާއިރު ފަސިންޖަރުންގެ ޝަކުވާތަކުގެ އަޑުއިވުމަކީ އައު ކަމެއް ނޫނެވެ. މިފަދަ ހާލަތެއް އެއަރ ކެނެޑާއަށް މިވަނީ މެދުވެރިވެފައެވެ.

ފަރަންސޭސިވިލާތުގެ ދެމަފިރިން ކަމަށްވާ މިޝެލް އަދި ލިންޑާ ތިބޮޑޫ ވަނީ އެއަރ ކެނެޑާއާއި ދެކޮޅަށް 22 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާ އެ އެއަރލައިންގެ މައްޗަށް ދައުވާކޮށްފައެވެ. އަދި އެ އެ ދައުވާގެ ސަބަބުން އެ އެއަރލައިން ވަނީ 15000 ޑޮލަރުން ޖޫރިމަނާކޮށް އެމީހުންގެ ކައިރިން މާފަށް އެދުމަށް މަޖުބޫރުވެފައެވެ.

އެމީހުން ކުރި ޝަކުވާތަކުގެ ތެރެގައި ހިމެނެނީ، ސީޓްބެލްޓުގައި ފްރެންޗުން "ލިފްޓް" ލިޔެފައި ނެތުމުގެ ޝަކުވާއާއި ފްރެންޗުން ލިޔެފައިހުރި "އެކްޒިޓް" އަދި "ވޯނިން" ސައިންތައް އިނގިރޭސި ބަހަށްވުރެ ކުދި ކަމަށް ބުނެ ކުރި ޝަކުވާގެ އިތުރުން އަދި އެތަކެއް ޝަކުވާއެކެވެ.

ކެނެޑާގައި އިނގިރޭސިބަހާއި ފަރަންސޭސިބަސް ގެންގުޅުމުގައި ތަފާތުކުރުންތައް ގެންގުޅުމަކީ މަނާކަމެކެވެ. އެހެންކަމުން ސައިންތައް ހަދާފައިހުންނައިރު އެ ސައިންތައް ހުންނަން ޖެހޭނީ ހަމަހަމަކަންމަތީގައި ކަމަށް ކެނެޑާގެ އެއަރލައިންއަށް ދައުވާކުރި ދެމަފިރިން ބުނެފައިވެއެވެ.

ސައިންތައް ހަދާފައިހުންނައިރު ދެބަހުން ކިޔޭގޮތަށް، ކުރިއަށް އޮތް ތާނގައި ހުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެދެމަފިރިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
3 ސެޕްޓެންބަރ 2019 | އަންގާރަ 01:51
ޙުސެން
ފްރެންޗް ބަހުންތަ ނޫނީ 'ފްރެންޗުން' ގެ ކިތައް މީހުން މިގޮތަށް ނުލިއުނީ؟
ގުޅުންހުރި