ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 08:22
މުމްބާއީ ސާގާ ފިލްމުގެ ޕޯސްޓަރު
މުމްބާއީ ސާގާ ފިލްމުގެ ޕޯސްޓަރު
ޓްވިޓަރ
މުމްބާއީ ސާގާ
މުމްބާއި ސާގާގެ ޝޫޓިން ފަށައިފި
 
ކާޖޮލް އަގަރްވާލްވެސް ވަނީ ފިލްމާއި ގުޅިފައި

ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ހަރަކާތްތެރިވާ ފިލްމު ''މުމްބާއީ ސާގާ'' ފިލްމުގެ ޝޫޓިން ފަށައިފިއެވެ. ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އަންގާރަ ދުވަހު ފަށާފައިވާއިރު ސައުތުގެ މަޝްހޫރު އެކްޓްރެސް ކާޖޮލް އަގަރްވަލް އެ ފިލްމާއި ގުޅިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއަަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ، ފިލްމު ކުޅެން އެ ފުރުސަތު ލިބުނީތީ އެކަމާއި މެދު ވަރަށް އުފާކުރާ ކަމަށެވެ. އެ ފިލްމުގެ އޭނާ ފެނިގެންދާނީ ޖޯން އަބްރަހަމްުގެ އަންހެނުންގެ ރޯލުންނެވެ.

ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ބުނީ، ކާޖޮލް އަކީ އެ ފިލްމަށް އެންމެ އެކަށީގެންވާ ތަރި ކަަމަށާއި، އޭނާގެ އެ ގާބިލްކަން އެބަހުރި ކަމަށެވެ.

މުމްބާއީ ސާގާ ފިލްމަކީ މުމްބާއިގެ ގޭންގްސްޓާރުންގެ ދިރިއުޅުމަށް ހަދާ ފިލްމެކެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ފިލްމުގައި ޖޯން އަބްރަހަމްގެ އިތުރުން، ސުނިލް ޝެޓީ، ޖެކީ ޝްރޯފް، ރޯހިތް ރޯއި، އަމޯލް ގުޕްތޭގެ އިތުރުން ޕްރަތީކް ބައްބަރު ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް