ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 09:40
އަހުމަދު އަބުދުއް ސަމަދު އެމްޑީޕީގެ ދިދަ ވިހުރުވަނީ
އަހުމަދު އަބުދުއް ސަމަދު އެމްޑީޕީގެ ދިދަ ވިހުރުވަނީ
ޓްވިޓަރ
ފްލެގް މޭން
ބޭނުންވީ ޔާމީން ޖަލަށް ލާން، އެއްވެސް މަގާމެއް ބޭނުމެއް ނޫން: ފްލެގް މޭން
 
ވިލިމާލެ މޫދަށް ދިޔައިމަ ބައެއް މީހުން ގާއުކާ އަނިޔާ ކުރުމަށް މަސައްކަތް ކުރޭ
 
ފްލެގް މޭން ދަނީ މައިބަނދައަށް ފަރުވާ ހޯދަމުން
 
ސަރުކާރުން އެއްވެސް މަގާމެއް ބޭނުމެއް ނޫން

ފްލެގް މޭންއޭ ބުނުމުން މިއަދު އޭނާ ނޭނގޭ މީހަކު މިގައުމުގައި ނުހުންނާނެއެވެ. އެއީ އަހުމަދު އަބުދުއް ސަމަދެވެ. މީގެ ފަސް އަހަރު ކުރިން މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ" ރާއްޖެ އިސްލާހުގެ މަގަށް" މި ނަމުގައި ފެށިދަތުރުގައި ހިނގާދިޔަ ގިނަ ހަރަކާތްތަކުގައި އެންމެ އިސްސަފުގައި ހުންނަނީ ވެސް ފްލެގް މޭންއެވެ. ޕާޓީއަށް މަރުދޭ ސަޕޯޓަރުންގެ ތެރޭގައި ހުރިހާ ގޮތަކަށް ފްލެގް މޭން ޚާއްސަވެއެވެ. ސަބަބުތައް ބައިވަރެވެ. ޕާޓީގެ އެންމެ ބޮޑު ރަމްޒު ދައްކުވައިދޭ ކުލަ ގަދަ އެމްޑީޕީގެ ދިދަ ޖޯޝާ ފޯރީގައި ވިހުރުވަމުންދަނީ އޭނާއެވެ. ވަރުބަލިކަމެއް ނެތިއެވެ. އެތައް ގަނޑިއިރެއް ވަންދެން ހުއްޓުމެއްނެތި އޭނާ އެކަން ކުރަމުންދިޔުމުން އެއީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. އެއްވުން ރޫޅާލުމަށް ޝީލްޑް ޖަހަމުން އަންނަ ފުލުހުންގެ އަނިޔާއިން ސަލާމަތްވުމަށް ދުއްވައި ގަންނަނީ ވެސް އެދިދަ ހިފައިގެންނެވެ. މީހާ މަގުމައްޗަށް ވެއްޓި އަނިޔާވި ކަމުގައި ވިޔަސް އެދިދަ އަތުން ދޫނުކުރެއެވެ. ނަތީޖާއަކަށްވީ އޭނާ ފްލެގް މޭންގެ ނަމުން މަޝްހޫރުވެ، ގިނަ ބައެއްގެ ސަމާލުކަމާއި ލޯބިލިބުމެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މަރުދިން ފްލެގް މޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަގުމަތިކޮށްފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ފޮޓޯތަކެއް ދައުރު ކޮށްފައެވެ. މިކަމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ.

''ބޭނުންވީ ޔާމީން ޖަލަށް ލާން. އެއްވެސް މަގާމެއް ބޭނުމެއް ނޫން''ހއ. ހޯރަފުއްޓަށް އުފަން އަހުމަދު އަބުދުއް ސަމަދު، މަޝްހޫރު ނަމުން ނަމަ ފްލެޖް މޭން ވާހަކަފެށީ މިހިސާބުންނެވެ.

ފްލެގް މޭން މުޒާހަރާއެއްގެ ތެރޭގައި

ދައުރުވާ ފޮޓާތަކާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް ފްލެގް މޭން ބުނީ މުޒާހަރާތަކުގައި އޭނާގެ މައިބަނދައަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، އިންޑިއާ، ސްރީލަންކާ އަދި ސިންގަފޫރުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ފައިގެ ޒަހަމްވެފައިވާ ތަނުގެ ފާރު ނުހިކެނީ މައިބަނދައިގެ މައްސަލަ އަކުން ކަމަށް ފްލެގް މޭން ބުންޏެވެ.

ފްލެޖް މޭން ބުނީ ރާއްޖެއައީ ދިވެހި ބޭސްކުރުމަށް ކަމަށާއި، ވަރަށް އަވަހަށް ފަރުވާ ހޯދުމަށް ފުރާނެ ކަމަށެވެ. އެގޮތުން ދިވެހި ބޭސްވެރިކަމަށް ވަރަށް މޮޅު މ. އަތޮޅު ރަކަށް ފަރުވާއަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ފޮޓޯއެއް ނެގުމަށް ފަހު ބައެއް މީހުން ބޭނުންވަނީ ފިތުނަ ފަސާދަ އުފައްދަންކަން ފާހަގަކޮށް ފްލެގް މޭން ބުނީ މާރުކޭޓްގައި ސަރަހައްދުގައި ޓައްޕެއްގެ ތެރެއަށް ހަލާކުވެފައިވާ ފައި ލައިގެން އިނީ އެފާރުގަނޑު ލޮނު ފެނަށްލުމުން ރަނގަޅު ވާނެ ކަމަށް ދިވެހި ބައެއް ބޭސްވެރިން ބުނާތީ ކަމަށެވެ. އަދި ގިނައިރު ލޮނު ފެނަށް ފައި ލައިގެން ހުންނަނީ ދުޅަ ތިރިވާތީ ކަމަށް އޭނާ ބުންޏެވެ.

ފްލެގް މޭން ލޮނަށް ފައި ލައިގެން، ނަމަވެސް މިފޮޓޯ ދައުރު ކުރަނީ މަގުމަތިކޮށްފައިވާ ކަމަށް ބުނެ

މީގެ އިތުރުން ފްލެގް މޭން ބުނީ މީގެ ކުރިން ފައި ލޮނަށް ލުމަށް ވިލިމާލެ މޫދަށްދާ ކަމަށާއި، ނަމަވެސް އެތަނުން އޭނާގެ ގަޔަށް ބައެއް މީހުން ގައު އުކާތީ ނުދަނީ ކަމަށެވެ. އެމްޑީޕީގައި އިސްކޮށް އުޅެފައިވާތީ ބައެއް މީހުން އަދިވެސް އޭނާއަށް އަނިޔާކުރުމަށް މަސައްކަތްކޮށް ފުރައްސާރަ ކުރާ ކަމަށް އޭނާ ބުންޏެވެ.

އެހެން ހުންނައިރު ބައެއް މީހުން އައިސް ފާޑުފާޑުގެ ވާހަކަތައް ދައްކާނެ، އެކަމަކު އެމީހުން ގާތު ވެސް ބުނަން ސަރުކާރުން އެއްވެސް މަގާމެއް ބޭނުމެއް ނޫނޭ. ބޭނުންވީ ޔާމީން ޖަލަށް ލާން. އިންސާފު ހޯދަން. މިގައުމު ސަލާމަތް ކުރަން. ވެރިކަން ބަދަލުކުރަން. ސިއްހީ ހާލަތު ހުރި ގޮތުން ވަޒީފާއަށް ދެވޭ ހާލަތެއްގައި ނޫން މިހުރީކީ ވެސް. އަދިވެސް މިހުރީ އެމްޑީޕީއާއެކު. މަގުމަތިކޮށްފި ކަމަށް ބުނެ އެހެން ފޮޓޯ ނަގާ ހަގީގަތެއް ނެތް ވާހަކަ ފަތުރާތީ ދެރަވޭ. ދަންނަ މީހުންނަށް އެނގޭނެ އެއީ ހަގީގަތެއް ނޫންކަން.

ފްލެގް މޭން މަގުމަތިވެފައިވާ ކަމަށް ދެކެވުނު ވާހަކަތަކުގެ މައްޗަށް ޖެންޑާ މިނިސްޓްރީން ވަނީ ފްލެގް މޭން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވެސް ގެނެސް މައްސަލަ ބަލާފައެވެ. މިމައްސަލައާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ފްލެގް މޭންގެ މައްސަލަ ބަލާފައިވާ ކަމަށާއި، އޭނާ މަގުމަތިވެފައިނުވާ ކަމަށެވެ. އަދި އޭނާގެ އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި، މިނިސްޓްރީގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް މުހައްމަދު ވިދާޅުވީ ފްލެގް މޭންއާ އާއިލާގެ ގުޅުން ވެސް ރަނގަޅު ކަމަށާއި، ފްލެގް މޭންގެ އަމިއްލަ އެދުމުގެ މަތިން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފްލެގް މޭން ދިރިއުޅެމުން ދަނީ އާއިލާއެކު

ފްލެގް މޭން މިއަދު ހުރީ މަގުމަތިވެފައި އެއްނޫނެވެ. ވަޒީފާއެއް ނުލިބިފައެއް ވެސް ނޫނެވެ. ރާއްޖެ އިސްލާހުގެ މަގަށް ގެންދިއުމަށް ކުރި މަސައްކަތުގައި އޭނާއަށް ލިބުނު އަނިޔާތަކަށް އޭނާ މިއަދު ފަރުވާ ހޯދަން ބޭނުންވެއެވެ. އެމްޑީޕީގެ އިވެންޓްތަކުން އޭނާ ނުފެންނަނީ ބައްޔަށް ފަރުވާ ހޯދަމުންދާތީއެވެ. އެއްވެސް ހާލަތެއްގައި އެޕާޓީ ތެރެއިން ފްލެގް މޭން ބާކީކޮށް ނިކަމެތިކޮށްގެން ނޫނެވެ. އާއިލާއެކު ދިރިއުޅެމުން އަންނަ ފްލެގް މޭންގެ ސިއްހީހާލަތު ރަގަޅުވެ އަލުން ހަރަކާތްތަކަށް އަންނާނެ ދުވަހަކަށް އެމްޑީޕީގެ މެމްބަރުން ތިބީ އިންތިޒާރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
2%
79%
2%
9%
4%
3%
ކޮމެންޓް
3 ސެޕްޓެންބަރ 2019 | އަންގާރަ 19:28
އަހްމަދު
ސާބަހޭ. ބިރުދެއްކުން ...................
1 ސެޕްޓެންބަރ 2019 | އާދީއްތަ 14:37
ސ. ސިއްދީގު
ޢެމްޑީޕީން ކިހާވަރެއް ދީގެން ކަލޯތިހެން ތިކިޔަނީ
1 ސެޕްޓެންބަރ 2019 | އާދީއްތަ 11:10
ރަދުން
ކޮންތާކު...ފެގެއް ދިނީމަ މިގޮލާ ކޮންމެ އެއްޗެއްވިއަަސް ކޮންމެ މީހަކު ކޮޅައް ޖެހެންވެސް އޯކޭ ވާނެ...
1 ސެޕްޓެންބަރ 2019 | އާދީއްތަ 09:51
އައި
އަބޫ ޖަހުލު ވެސް މަރުވީ ވަގުތު ދެއްކީ މިފަދަ ގަދަ ފަދަ ކަން ނުބައި އިންސާނުން ތިތިބީ ޕާޓީވެ ގޮސް ޖާހިލު ވެފަ ހުރި ހަލާކެއްގެ ބޮޑު ކަމާ.....