ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 13:05
އަލް ހަޔާ ޓީވީގެ ޕްރެޒެންޓަރ ރީހާމް ސައީދު
އަލް ހަޔާ ޓީވީގެ ޕްރެޒެންޓަރ ރީހާމް ސައީދު
ބީބީސީ
ހޯސްޓެއް ސަސްޕެންޑްކުރުން
ފަލަ މީހުންނާއި ދިމާލަށް ބަދުބަސް ބުނި މިސްރުގެ ޓީވީ ހޯސްޓެއް ސަސްޕެންޑްކޮށްފި
 
އޭނާ ބުނެފައިވަނީ ފަލަ މީހުންނަކީ އެމީހުންގެ އާއިލާއަށާއި ސްޓޭޓްއަށް ހުރި ބޮޑު ބުރައެއް ކަމަށް

ފަލަ މީހުންނާއި ދިމާލަށް ބަދުބަސް ބުނި މިސްރުގެ ޓީވީ ހޯސްޓެއް ސަސްޕެންޑްކޮށްފިއެވެ.

'އަލް ހަޔާ" ޓީވީގެ ޕްރެޒެންޓަރެއް ކަމަށްވާ ރީހާމް ސައީދުގެ ޓޯކް ޝޯ ސަބާޔާގައި އޭނާ ބުނެފައިވަނީ ފަލަ މީހުންނަކީ އެމީހުންގެ އާއިލާއަށާއި ސްޓޭޓްއަށް ހުރި ބޮޑު ބުރައެއް ކަމަށާއި ފަލަ މީހުންގެ ހަށިގަނޑުގައި ހުންނަ ވިހަތަކުގެ ސަބަބުން އުފާވެރިކަން ގެއްލި، އަންހެންވަންތަކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ފިރިހެނުން ފަލަ އަންހެނުންނަށް "ޝައުޤުވެރިނުވާ" ކަމަށާއި ފަލަ އަންހެނުން ވަރިކޮށް، އެންގޭޖްމަންޓް ރޫޅާލާކަމަށް ވެސް އޭނާ ބުންޏެވެ.

މިސްރުގެ މީޑިއާ ރެގިއުލޭޓް ކުރާ ފަރާތުން ބުނީ ޕްރެޒެންޓަރު ރީހާމް ވަނީ މިސްރުގެ އަންހެނުންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދައްކާފައި ކަމަށެވެ.

ރީހާމްއަށް މިކަމުގެ ސަބަބުން ގިނަ ފާނޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ފާނޑުކިޔުންތަކަށް ރައްދުދީ އޭނާ ބުނެފައިވަނީ ވޭތުވެދިޔަ 12 އަހަރު ފަލަ މީހުންނަށް އެހީވުމުގައި ޚިދުމަތްކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ މިހާރު މަޤާމުން އިސްތިއުފާދީފައިވާ ކަމަށާއި ދަރިން ބެލުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށް އޭނާ ބުންޏެވެ.

ރީހާމް ފަލަ މީހުންނަށް ބަދު ބަސް ރައްދުވާ ގޮތަށް ވާހަކަ ދައްކާފައިވާއިރު މީގެ ކުރިން ވެސް އޭނާ ވަނީ ސިރިއާގެ ރެފިއުޖީންގެ ގާތަށް ކުރި ދަތުރެއްގައި އެމީހުންނަކީ އިހްތިރާމް ކުރަން ދަންނަ ބައެއް ނޫން ކަމަށް ބުނެފައެވެ.

ރީހާމް މިމޭރުމުން ވާހަކަ ދައްކާފައިވާއިރު މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ މިދިޔަ އަހަރު ވަނީ މިސްރުގެ މީހުން ބަރުދަން ލުއިކުރުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް