ބުރާސްފަތި 14 ނޮވެންބަރު 2019
01 ނޮރަ
1441 ރަބީއުލް އައްވަލް 17
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ވިޔަފާރި - ކާގޯ ޓާރމިނަލް

އާ ކާގޯ ޓާރމިނަލް ނިމުމަކާއި ގާތަށް

  • މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 31 އޯގަސްޓު 2019 | ހޮނިހިރު 13:00 2,463

ކާގޯ ޓާރމިނަލް - އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ހަދާ އާ ކާގޯ ޓާރމިނަލްގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ކާގޯ ޓާރމިނަލްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި ކޮންކްރީޓް ސްލެބްސްއާއި ކްލެޑިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ލޭންޑް ސައިޑް ކެނޮޕީ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އަލަށް ޤާއިމްކުރާ ކާގޯ ޓަމިނަލް ކޮމްޕްލެކްސްއަކީ 12000 އަކަމީޓަރު (129166.93 އަކަ ފޫޓު) ގެ ޓަރމިނަލް ކޮމްޕްލެކްސްއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދެކުނު ފަރާތުގައި ޤާއިމުކުރާ މި ކޮމްޕްލެކްސްގައި އެކްސްޕޯޓް އިމްޕޯޓް ޓަރމިނަލަކާއި، އޮފީސް އިމާރާތެއް ވެސް ހިމެނޭނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދިން ގޮތުގައި، ޒަމާނީ ވަސީލަތްތަކާއި، މުދާ އުފުލާ ކެރޭނާ ވެސް އެކު ޤާއިމްކުރާ މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެއެވެ. އެއީ މިހާރު ޚިދުމަތް ދެވޭ މިންވަރަށް ވުރެ 50 އިންސައްތަ އިތުރު އަދަދެކެވެ.

މިއީ ޗައިނާގެ ބެއިޖިންގުގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ގުޅިގެން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް