ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 08:26
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ޓްވިޓަރ
އެމްއެމްޕީއާރްސީ
އަންނަ އަހަރު ކަލްޗަރަލް، ސްޕޯޓްސް އަދި މައިސް ޓޫރިޒަމް އިޝްތިހާރު ކުރަނީ
 
ފަތުރުވެރިން ރާއްޖެ އައިސް ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކުގެ ތެރޭގައި އުޅެން ބޭނުންވޭ

އަންނަ އަހަރު ކަލްޗަރަލް، ސްޕޯޓްސް އަދި މައިސް ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަންނަ އަހަރު ވަރަށް ބޮޑު ތިންކަމަކަށް ތައްޔާރުވާ ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ، ރަނގަޅު ޕްލޭނެއް ނަހަދާ މިކަހަލަ ކަމެއް ފަށައިގަތުމުން ނުރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި ކަމާބެހޭ މުއައްސަސާތަކާއި މިނިސްޓްރީތަކާއެކު މަޝްވަރާ ކުރުމަށްފަހު އެމްއެމްޕީއާރްސީ އިން ރަނގަޅު ސްޓްރެޓަޖީއެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިން ރާއްޖެ އައިސް ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކުގެ ތެރޭގައި އުޅެން ބޭނުންވާ ކަމަށާއި އެކަން ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ ގިނަ މަސައްކަތައް ކޮށްފައެވެ. އެގޮތުން އެކި ޓްރޭޑް ފެއަރތަކާއި ރޯޑް ޝޯތަކުގައި ވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ އިޝްތިހާރުކުރުމުގެ ގޮތުން އެކި ޤައުމުތަކުގެ ނޫސްވެރިން ރާއްޖެ ގެނެސްފައިވެސްވެއެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް 12 މާކެޓަށް އަމާޒުކޮށް 15 މާކެޓިންގ ފެއަރ އާއި، 13 މާކެޓަކަށް އަމާޒުކޮށް ބޭއްވި 05 ރޯޑް ޝޯ ހިމެނޭ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް