ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 23:06
ނޫސްވެރިޔާ ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން
ނޫސްވެރިޔާ ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން
ޓްވިޓަރ/ނައުޓީމަޓޮކްސް
ނޫސްވެރިޔާ ރިލްވާން
މި ސަރުކާރުން ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދައިދޭނެ: އަބްދުﷲ ޝާހިދު
 
ރިލްވާން ގެއްލުވާލާފައިވާތާ މިހާރު ވަނީ ފަސް އަހަރުވެފައި
 
ޝާހިދު ވިދާޅުވީ ސަރުކާރުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދައިދޭން މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ޑޭ އޮފް އެންފޯރސްޑް ޑިސްއެޕިރަންސަސްއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ހާރިޖީ ވަޒީރު ޝާހިދު ވަނީ، އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށެއް ކަމަށް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރު އޮތީ، މިފަދަ ކަންކަމާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށް ޓްވީޓްގައި ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުވާކުރެއްވިތާ 24 ގަޑިއިރުގެ ތެރޭގައި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބިފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރުމަށް ފަހުގައެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުން ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އެހޭ ވަރަށް ޖަލްސާގެ ކޯރަމް ވެސް ހަމަކުރަން ދެކޮޅު ހަައްދަވާފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ. ރިލްވާންގެ ގެއްލުވާލިތާ ފަސް އަހަރުވެފައިވާ އިރު، ފަސް އަހަރުވީ ދުވަހު ކުރެއްވި ޓްވީޓެއްގައި ހުސްނުއް ސުއޫދު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ކަން ހިނގައިދިޔަ ގޮތް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ހުސްނުއް ސުއޫދަކީ ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނުގެ ރައީސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
40%
0%
0%
ކޮމެންޓް