ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 17:27
ސިނަމާލެ ބްރިޖު މަތީގައި މީހަކު ދުވަނީ
ސިނަމާލެ ބްރިޖު މަތީގައި މީހަކު ދުވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ސިނަމާލެ ބްރިޖު
ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!
 
ބްރިޖަކީ ދިވެހިންނަށް ތަރައްޤީގެ ރޮނގުން ކޮށުނު އާ މަގެއް
 
ބްރިޖު ހުޅުވީ އޯގަސްޓް 30 ގައި
 
10،000 އަށްވުރެ ގިނަ މީހުން ބްރިޖު ހުރަސްކުރޭ

ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި "ސިނަމާލެ ބްރިޖް" ހުޅުވުމުގެ ހަރަކާތްތައް ބަލާލަންގޮސް ހުރިއިރު، ހިތުގައި އުފެދެމުންދިޔައީ ތަފާތު އެކި ޖަޒުބާތުތަކެކެވެ. އުފަވެރިކަމާއި ހައިރާންކަމުން ފުރިގެން ހުރެ ހިތަށް އަރަމުންދިޔައީ މިއީ ހަމަ ހަޤީޤަތެއްބާއެވެ؟ ރާއްޖެ ހާދަބޮޑަށް ތަރައްޤީވެ ކުރިއަރައިފިތާއޭ ހިތަށް އަރައި ހުރެވުނީ ބްރިޖުގެ ރީތިކަމާއި ފުރިހަމަކަންފެނި އާޝޯހުވެފައެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން ބްރިޖު ބަލަން ހުރިއިރު އެ ހިޔާލުތަކާ އެއްވަރަށް ސިކުނޑީގައި އެނބުރެމުންދިޔަ އެހެން ހިޔާލުތަކެއްގެ ވާހަކަވެސް ފާހަގަކޮށްލާނަމެވެ.

ބްރިޖު ހުޅުވާ ވާހަކަ ދެކެވުމާ ހަމައިން ބްރިޖާގުޅޭ އެހެން ވާހަކަަތަކެއްވެސް ފެންމަތިވިއެވެ. ތާރީޚު ބަދަލުކޮށްލި ބްރިޖަކީ ތާރީޚު ނުދެކޭވަރުގެ ވައްކަންތަކާއި, ހިޔާނަތްތަކެއްގެ މަތީގައި އެޅުނު ކޮންކްރީޓްގަނޑެއް ކަމުގައި ގިނަ ބަޔަކު ބުނަމުންދިޔައެވެ. ބްރިޖުގެ މަޝްރޫއަށް އެކަނި ބަލާލި ނަމަވެސް "ފޮރުވިފައިވާ" ކިތަންމެ ވައްކަންތަކެއް އެބަ ހުރިކަމަށް މީހުން ދިޔައީ ބުނަމުންނެވެ. ނަމަވެސް އޭރުވެސް އެންމެން ބުނަމުން ދިޔަ އެއް ވާހަކައެއް މިހާރުވެސް ހަނދާނުގައި އެބަ ހުއްޓެވެ.

ބްރިޖު ކިތަންމެހާވެސް އޯކޭ ކަމަށާއި ނަމަވެސް ވައްކަން އެއްވެސް ވަރަކަށް އޯކޭ ނޫން ވާހަކައެވެ. އެހެންވެ އެ ދުވަހު ބްރިޖު ހުޅުވުމުގެ ހަރަކާތްތައް ބަލަމުން ދިޔައިރުވެސް ހިތަށް އަރަމުންދިޔައީ އެ ވާހަކަތަކެވެ. ބްރިޖެއްގެ ބޭނުންކޮށްގެން ވައްކަންތަކެއް ފޮރުވިދާނެބާއެވެ؟ ބްރިޖަކުން ދިވެހިންގެ ލޮލޮގައި އަނދުން އެޅުވިދާނެބާއެވެ؟

ތެދެކެވެ. ބްރިޖު ހުޅުވުމާއެކު ވަރަށް ގިނަ ފަސޭހަތަކެއް ދިވެހިންނަށް ލިބިގެން ދިޔައެވެ.

ދުވާލަކު ގާތްގަނޑަކަށް 10،000 އަށްވުރެ ގިނަ މީހުން ބްރިޖު ހުރަސްކުރާއިރު، ހަމަ ގައިމުވެސް ބްރިޖުގެ ފަސޭހަތަކުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލޭގައި ދަތުރުފަތުރުކުރާ މީހުންނަށް ބްރިޖުގެ ސަބަބުން ލިބުނު ލުއިފަސޭހަތައް ހަމަ ޤައިމުވެސް ނުހަނު ބޮޑުވާނެކަން ޔަޤީނެވެ. މާލޭގެ ތޮށްޖެހިފައިވާ މާހައުލުން ނިކުމެލޭ ކޮފީއަކަށް ހުޅުމާލެއަށް އަރާލުމުގެ ފުރުސަތުވެސް ލިބުނީ ސިނަމާލެ ބްރިޖާއެކު އެވެ. ހަފްތާ ބަންދުގައި ވިލިނގިލިއަށް ކުރި ދަތުރުތައް އެއްގަމު މަގުން ބަދަލުކޮށްލަދިނީ ހުޅުމާލޭ ގޮނޑުދަށްތޮތަކަށެވެ. ހުޅުމާލޭގެ އެތަށް ވިޔަފާރިތަކަކަށް އާރޯކަން ލިބި، ވިޔަފަރީގެ ހަބެއްގެ ގޮތުގައި ހުޅުމާލެ ދައްކާލަންފެށީވެސް ބްރިޖުން ދިވެހިންނަށް ލިބުނު ލުއިފަސޭހަތަކާއެކު އެވެ.

ސިނަމާލެ ބްރިޖު -- ފޮޓޯ: ރާއްޖެ.އެމްވީ

ބްރީޖަށް އަހަރުވާއިރުވެސް ސާފުނުވާ ވާހަކަތަކެއްވެސް އެބަހުރި އެވެ. ބްރިޖްގެ ފުރަތަމަ ކުރެހުން ދައްކާލިއިރު، ކޮންމެ ކޮޅަކުން ފެނުނު ހަތަރު ލޭނެއް ބްރިޖް ހުޅުވިއިރު ނެތުމާއި، ދުވާ މީހުންނާއި، ބައިސްކަލް ދުއްވާ މީހުންނަށް ހާއްސަ ލޭނުތަކެއް ހުންނާނެކަމަށް ބުނެ ހުވަފެން ދެއްކިނަމަވެސް އެފަދަ ލޭނެއް ނެތި، ކުއްލިއަކަށް ގެއްލުނު ސަބަބެއްވެސް ސާފެއް ނުވެ އެވެ. އެނގެން އޮތްކަމަކީ ކުރެހުން ދިވެހިންނަށް ދައްކާލިއިރު ހަރަދުވާނެކަމަށް ބުނި އަދަދުތަކަށްވުރެ ބޮޑެތި އަދަދުތަކުން އެ ބްރިޖަށްޓަކައި ދިވެހި މާލިއްޔާއިން ހަރަދުކުރަންޖެހުނު ކަމެވެ.

ބްރިޖަށް 1 އަހަރުވިއިރުވެސް ސާފުނުވާ ކަންކަމުގެ ތެރޭގައި ބްރިޖުން ކުރާ ދަތުރުތަކަށް ފީއެއް ނަގާކަމެއް ނުވަތަ ނޫންކަމެއް އަދިވެސް ސާފެއް ނުވެ އެވެ. ފުރަތަމަ ބްރިޖް ހުޅުވުމާއެކުވެސް އޭރުގެ ސަރުކާރުން ބުނަމުންގެންދިޔައީ ބްރިޖުން ފީއެއް ނަގައިގެން ނޫންގޮތަކަށް ކޮޅެއްގަިއ ނުޖެއްސޭނެކަމަށެވެ. ނަމަވެސް އޭރުގައި ބޯމަތިވެފައިއޮތް އިންތިހާބާއެކު އެ ސަރުކާރުން އެ ވާހަކަތައް އޮތީ އޮއްބާލާފަ އެވެ.

އައު ސަރުކާރާއެކުވެސް ބްރިޖުން ފީތަކެއް ނަގަންޖެހޭނެކަމަށް ބުނިނަމަވެސް ބޯމަތިވި އިންިތހާބުތަކާއެކު، އެކި ވާހަކަތައް ފާހަގަކުރުމަށްފަހުން އެކަން އޮތީ އެއްބާލާފަ އެވެ. ބްރިޖުން ކުރާ ދަތުރުތަކަށް ފީ ނެގުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ބަޖެޓްވެސްކުރި އެވެ. ނަމަވެސް ނަގާނެ ފީއަކާއި، ނަގާނެ ދުވަހެއް އަދިވެސް އޮތީ ސާފުނުވެ އެވެ.

ބްރިޖާއެކު ދިވެހިން މިކުރި އެއް އަހަރުގެ ދަތުރާއެކު ޔަޤީންވެގެންދިޔަ އެއް ކަމަކީ ދިވެހިން އަދި މިފަދަ އިތުރު ލުއި ފަސޭހަތަކަށް ފެންބޮވައިގަނެފައިވާކަމެވެ. ތަރައްޤީގެ މަގުގުގައި ދނުނިޔެ ކުރިއަރާ މިންވަރާ ފައިހަމަކޮށް އެ ލުއި ފަސޭހަތަށް ދިވެހިންވެސް ބޭނުންވާ މިންވަރު އެވެ. މިއަދުގެ ސަރުކާރުގެ ޕްލޭނަކީ މުޅި މާލެ ސަރަހައްދު މިފަދަ ބައިވަރު ފާލަންތަކަކުން ގުޅާލުމެވެ. ގއ. ވިލިނގިލިން، ކޫއްޑޫވެސް ބްރިޖަކުން ގުޅާލުމެވެ. އަދިވެސް ކައިރި އާބާތީތައް ގުޅުވާލުމެވެ. ދިވެހިން މިއަދުތިބީ އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަށޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް
30 އޯގަސްޓް 2019 | ހުކުރު 18:41
ބުޅިބޯ
ދެން މިހާތަނަށް މަގެއްމަތީ ސިމެންތިކޮޅެއް ފަތުރާނުލެވުނު ބަޔަކު ދައްކާނެ މާގިނަ ވާހަކަ އެއް ނޯންނާނެ.
30 އޯގަސްޓް 2019 | ހުކުރު 17:57
އަލީ
ވައްކަން ނުކުރާ ބައިގަނޑަށް އެއްމެ ގަލެއްވެސް މަގެއްމަތީ ބާއްވާ ނުލެވޭ
30 އޯގަސްޓް 2019 | ހުކުރު 17:55
ބޯބުޅި
ކަލޭމެން ބުރިޖުތިކިޔަނީ 02ލައިނުގެ ފާލަމަކަށް ތިޔަގަށް ހެދޭނެ ތިވަރުގެ 06 ފާލަން ގަމާރުނުވޭޭ ވިސްނާލަބަލަ އޭރުންއެގޭނެ..