ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 09:52
ނިއުޒިލޭންޑްގެ ޕްރައިމް މިނިސްޓަރ ޖަސިންދާ އާޑާން
ނިއުޒިލޭންޑްގެ ޕްރައިމް މިނިސްޓަރ ޖަސިންދާ އާޑާން
ގޫގުލް
ނިއުޒިލެންޑް
ނިއު ޒީލެންޑްގެ ކިޔަވާކުދިންނަށް މެންދުރުގެ ކެއުން ހިލޭ ދޭ ޕްރޮގްރާމެއް ފަށަނީ
 
އެޕްރޮގްރާމް ފަށާނީ އަންނަ އަހަރު

ނިއު ޒީލެންޑްގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް މެންދުރުގެ ކެއުން ހިލޭ ލިބޭނެ ޕްރޮގްރާމެއް ފެށުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

21،000 ދަރިވަރުންނަށް ހިލޭ މެންދުރުގެ ކެއުން ދިނުމަށް އަމާޒުކޮށް ފެށުމަށް ނިންމި އެ ޕްރޮފްރާމް ފަށާނީ އަންނަ އަހަރުއެވެ. އެގޮތުން ޕްރޮގްރާމް ފުރަތަމަ ފަށައިގަންނައިރު 30 ސްކޫލެއްގެ 5،000 ދަރިވަރުންނަށް މެންދުރުގެ ކެއުން ދިނުމަށް ރާވާފައި ވެއެވެ. އެއީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންނަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހަފްތާއަކު ފަސް ދުވަހު މެންދުރުގެ ކެއުން އެ ދަރިވަރުންނަށް ލިބޭނެއެވެ. ނިއުޒިލެންޑްގެ ސަރުކާރުން އުއްމީދު ކުރަނީ ފަށައިގަންނައިރު 30 ސްކޫލަކަށް ވީ ނަމަވެސް 2021 އަންނަ އިރު 120 ސްކޫލަކަށް އެ ޕްރޮފްރާމް ފެށުމަށެވެ.

ނިއުޒިލޭންޑްގެ ޕްރައިމް މިނިސްޓަރ ޖަސިންދާ އާޑާން ވިދާޅުވީ ސްކޫލު ކުދިންނަށް މެންދުރުގެ ކެއުން ލިބޭނެ ސިޔާސަތެއް އެކުލަވާލަން ނިންމީ އެކަމަށް އެގައުމުގެ މީހުންނާއި ސުވާލުކުރުމަށް ފަހު ކަމަށެވެ.

އެގޮތުން 10،000 ފަރާތްތަކާއި ސުވާލުކޮށްފައިވާ ކަމަށާއި ސުވާލުކުރެވުނު ކުޑަކުދިން ބުނެފައިވަނީ ބަނޑުހައިހޫނު ކަމުގައި ހުރެގެން އެއްވެސް އެއްޗެއް ދަހެއް ނުވާ ކަމަށާއި ކިޔެވުމަށް ހުރަސް އެޅޭކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން އެގައުމުގެ ސަރުކާރުން ނިންމީ ކުދިން ސްކޫލުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރުން ހުއްޓުވުމަށް މެންދުރުގެ ކެއުން ހިލޭ ލިބޭފަދަ ޕްރޮގްރާމެއް ހިންގުމަށްކަމަށް ޖަސިންދާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
88%
0%
13%
0%
0%
ކޮމެންޓް