ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 18:06
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް
އަލްޖަޒީރާ
1އެމްޑީބީގެ ޚިޔާނާތް
ނަޖީބް ރައްޒާގާއިމެދު ކުރެވޭ، 1އެމްޑީބީ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތެއް އަނެއްކާވެސް ބާއްވައިފި
 
1އެމްޑީބީ ފަންޑަކީ ރައްޒާގު ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން، މެލޭޝިއާގެ އިގްތިސާދު އިތުރަށް ކުރިއެރުވުމަށް 2009 ވަނަ އަހަރު ހަމަޖެއްސި ފަންޑެއް
 
ރައްޒާގް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ
 
ނަޖީބް ރައްޒާގް ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ 1އެމްޑީބީގެ ފައިނަލް އޮޑިޓް ރިޕޯޓަށް ނުފޫޒުފޯރުވިކަމުގެ ކުށުގަ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގާއިމެދު ކުރެވޭ، 1އެމްޑީބީ ހިޔާނާތުގެ މައްސަލައިގައި އަނެއްކާވެސް ކޯޓު އަޑުއެހުމެއް ބާއްވައިފިއެވެ.

ނަޖީބް ރައްޒާގް ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ 1 މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހަދް (1އެމްޑީބީ)ގެ ފައިނަލް އޮޑިޓް ރިޕޯޓަށް ނުފޫޒުފޯރުވާ އެ ރިޕޯޓް ނައްތާލަން މަސައްކަތްކުރެއްވި ކަމުގެ ކުށުގައެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި 2011 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު ރައްޒާގަށް މަދުވެގެން 550 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށާއި އޭނާ އެކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރައްޒާގް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

1އެމްޑީބީ ފަންޑަކީ ރައްޒާގު ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން، މެލޭޝިއާގެ އިގްތިސާދު އިތުރަށް ކުރިއެރުވުމަށް 2009 ވަނަ އަހަރު ހަމަޖެއްސި ފަންޑެކެވެ.

މި ފަންޑާއިމެދު ސުވާލު އުފެދެންފެށީ ބެންކްތަކަށާއި ބޮންޑްހޯލަޑަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވާގޮތްވުމުންނެވެ.

1އެމްޑީބީގެ ފައިނަލް އޮޑިޓް ރިޕޯޓަށް ބަދަލުގެންނެވުމަށް ނަޖީބް މަސައްކަތްކުރައްވާފައިވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން 26 ފެބުރުއަރީ 2016 ގައެވެ.

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ އެ ރިޕޯޓް އޮޅުވާލަން އުޅުނުކަމުގެ ތުހުމަތުގައި އެތައް ބަޔަކާ ސުވާލު ކޮށްފައެވެ.

ނަޖީބުގެ އިތުރުން އެޓަރނީ ޖެނެރަލް އޮފީހުގެ ކުރީގެ ލީގަލް އޮފިސަރ ޒުލްކިފްލީ އަހުމަދާއި ކުރީގެ އޮޑިޓަރ ޖެނެރަލް އަމްބްރިން ބުއަންގއާއި ސަރުކާރުގެ ކުރީގެ ޗީފް ސެކްރެޓަރީ ޑރ އަލީ ހަމްސާއާއި 1އެމްޑީބީގެ ރައީސް އަދި ޗީފް އެގްޒެކްޓިވް އޮފިސަރ އަރުލް ކަންޑަ ކަންޑަސާމީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް