ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 09:49
ހައްޔަރުކޮށްފައިވާ ޔޭންގް ހެންގްޖުން
ހައްޔަރުކޮށްފައިވާ ޔޭންގް ހެންގްޖުން
ޓްވިޓަރ
ޗައިނާ
ޗައިނާގެ ދާހިލީ ކަންކަމަށް ފާރަލީ ކަމަށް ބުނެ ލިޔުންތެރިއަކު ހައްޔަރު ކޮށްފި
 
ހައްޔަރު ކުރުމުގެ ކުރިން ޗައިނާ ބަހުން އެގައުމާއި އެހެނިހެން ގައުމުތަކުގެވެސް ސިޔާސީ މަޝްރަހުގެ ވާހަކަތައް ލިޔެ އުޅުނު
 
ރަސްމީކޮށް ތުހުމަތު ކޮށްފައިވަނީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު
 
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕޭން ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފަ

ޗައިނާގެ ދާހިލީ ކަންކަމަށް ނަހަމަ ގޮތުގައި ފަރަލީ ކަމަށް ބުނެ ޗައިނާ ދަރިފަސްކޮޅުގެ އޮސްޓްރޭލިއާ ލިޔުންތެރިޔަކު ހައްޔަރުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި އޮސްޓްރޭލިއާއަދި ޗައިނާއަށް ނިސްބަތްވާ ޔޭންގް ހެންގްޖުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ބަހައްޓާފައި ހުރީ ވަރަށް ލާއިންސާނީ މާހައުލެއްގައި ކަމަށް ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕޭން ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޕޭން ވަނީ ޔޭންގްގެ ދުޅަހެޔޮ ކަމާއިމެދު އޮސްޓްރޭލިއާގެ ސަރުކާރުން ވަރަށް ފިކުރުބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ބަހައްޓާފައިހުރި ގޮތުންވެސް ވަރަށް ކަންބޮޑުވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާއިން ވަނީ ހަތް މަހަށްވުރެ ގިނަ ދުވަސް ވަންދެން ޗައިނާގައި ހައްޔަރުކޮށްފައިހުރި، ޔޭންގް ދޫކޮށްލުމަށް ތަކުރާރުކޮށް ޗައިނާގެ ސަރުކާރަށް ގޮވާލާފައެވެ. ނަހަމަގޮތުގައި ފާރަލީ ކަމަށް އޭނާގެ މައްޗަށް ރަސްމީކޮށް ތުހުމަތު ކޮށްފައިވަނީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުއެވެ.

ޔޭންގް އަކީ ކުރިން ޗައިނާގެ ސިޔާސީ ދާއިރަގައިވެސް މަސައްކަތް ކުރި ފަރާތެކެވެ. އަދި އޭނާ އަކީ ހައްޔަރު ކުރުމުގެ ކުރިން ޗައިނާ ބަހުން އެގައުމާއި އެހެނިހެން ގައުމުތަކުގެވެސް ސިޔާސީ މަޝްރަހުގެ ވާހަކަތައް ލިޔެ އުޅުނު ބޮލްގަރ އެކެވެ.

ޔޭންގް ހައްޔަރު ކޮށްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ޗައިނާއަށް އެތެރެވާން އުޅެނިކޮށް އެއަރޕޯޓުންނެވެ. އެއަށްފަހު ޗައިނާއިން ވަނީ އޭނާއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބުނެފައެވެ.

މި ހުރިހާ ދުވަސް ވީއިރު ޔޭންގްއަށް އޭނާގެ އާއިލާ މީހުންނާއި ލޯޔަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ޗައިނާގެ ސަރުކާރުން ދީފައި ނުވާކަމަށް އޮސްޓްރޭލިއާއިން ބުނެފައިވެއެވެ.

އޭނާއާއި ބައްދަލު ކުރުމުގެ ފުރުސަތު ދިނީ ހޯމަ ދުވަހު އެކަނި ކަމަށް އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕޭން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
67%
33%
0%
0%
0%
0%
ކޮމެންޓް