ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 12:39
ސްޕޯޓްސް ކޮމްޕްލެކްސް
ސްޕޯޓްސް ކޮމްޕްލެކްސް
ފޭސްބުކް
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް
ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ހިންގަން ފުރުސަތު ހުޅުވާލައިފި
 
އަންނަ މަހުގެ 23ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ
 
އަކަފޫޓަކަށް 30 ރުފިޔާގެ ރޭޓުން ކުލި ދައްކަން ޖެހޭ
 
ކުއްޔަށް ދޫކުރަނީ 10 އަހަރަށް

ހުޅުމާލޭގައި އަލަށް ހުޅުވާ އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްއިން ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެއިން ވިޔަފާރި ބޭނުމަށް އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްއިން ޔުނިޓް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ 25 އޯގަސްޓުގައި ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 23 ގެ ކުރިން ފްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެޗްޑީސީން ބުނީ 10 އަހަރުގެ މުއްދަތަށް މި ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް ކުއްޔަށްދޭއިރު، ކޮންމެ ޔުނިޓަކުން ވެސް އަކަފޫޓަކަށް 30 ރުފިޔާގެ ރޭޓުން ކުލި ދައްކަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ކެފޭ އާއި ރެސްޓޯރަންޓުގެ ވިޔަފާރި ކުރަން 75000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ދައްކަން ޖެހޭއިރު، ކުޅިވަރާ ގުޅޭ ތަކެތި އިންޑޯގައި ވިއްކާ ނަމަ ދައްކަން ޖެހެނީ 50،000 ރުފިޔާގެ ބިޑް ސެކިއުރިޓީ އެކެވެ. އަދި އައުޓްޑޯ ސްޕޯޓްސް ކޮމްޕެލެކްސްގައި ވިޔަފާރި ކުރާ ނަމަ ދައްކަން ޖެހެނީ 25،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ކަމަށެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކުޅިވަރާ ގުޅޭ ތަކެތި ވިއްކުމުގެ ވިޔަފާރިއާއި ރީޓެއިލް ވިޔަފާރިތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް