ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 16:01
އެމެޒޯން ރެއިންފޮރެސްޓްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަށް ބިނާކޮށް ކުރަހާފައިވާ ކުރެހުމެއް
އެމެޒޯން ރެއިންފޮރެސްޓްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަށް ބިނާކޮށް ކުރަހާފައިވާ ކުރެހުމެއް
އެމެޒޯން ރެއިންފޮރެސްޓް
އެމެޒޯން ރެއިންފޮރެސްޓްގެ ހަގީގަތުން ދުނިޔެ މުޅިން މާޔޫސްކޮށްލައިފި
 
ބްރެޒިލްގެ ސަރުކާރުން ބޭނުންވަނީ އެމެޒޯން ޖަންގަލި ހަލާކުކޮށްލަން
 
ދުނިޔެއަށް ބޭނުންވާ 20 އިންސައްތަ އޮކްސިޖަން އުފައްދަނީ އެމެޒޯންއިން
 
އެމެޒޯންއަކީ ދުނިޔޭގެ ފުއްޕާމޭ

އެމެޒޯން ރެއިންފޮރެސްޓުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާއިމެދު މުޅި ދުނިޔެ ކަންބޮޑުވެފައިވާއިރު، އެކަމުގެ ފަހަތުގައި ވަނީ ހަމައެކަނި ގުދުރަތުގެ ނިޔާ ނޫންކަން ކަށަވަރުވެއްޖެއެވެ. އަދި މި ހަގީގަތާއެކު ދުނިޔެ މިވަނީ ފެންކަޅިވެފައެވެ.

ތަފާތު އެތައް ބާވަތުގެ ޖަނަވާރާއި ގަސްގަހާގެހީގެ ދިރިއުޅުން ބައްޓަންވެފައިވާ މުހިއްމު އެއް ސަރަހައްދު ކަމަށްވާ އެމެޒޯން ޖަންގައްޔަކީ ދުނިޔޭގައިވެސް އޮތް އެންމެ ބޮޑުއެއް ޖަންގައްޔެވެ. އަދި އެމެޒޯންއަކީ ދުނިޔޭގެ ފުއްޕާމެއެވެ. ދުނިޔެއަށް ބޭނުންވާ 20 އިންސައްތަ އޮކްސިޖަން އުފައްދަނީ އެމެޒޯންއިންނެވެ. އެހެންކަމުން އެ ޖަންގައްޔަށް ލިބޭ ގެއްލުމަކީ މުޅި ދުނިޔެއަށްވެސް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ސިޔާސީ ވެބްސައިޓެއް ކަމަށްވާ "އޯޕެން ޑިމޮކްރަސީ" އަށް ލީކު ކޮށްލާފައިވާ ޕަވާ ޕޮއިންޓް ޕްރެޒެންޓޭޝަނަކުން ދައްކާ ގޮތުގައި ބްރެޒިލްގެ ސަރުކާރުން ބޭނުންވަނީ އެމެޒޯން ޖަންގަލި ހަލާކުކޮށްލާށެވެ. އެ ޕްރެޒެންޓޭޝަނަކީ އެ ގައުމުގެ ސަރުކާރާއި ޕެރަ ސްޓޭޓްގެ ބައެއް ލީޑަރުންގެ ދެމެދު ފެބްރުއަރީ މަހު ބޭއްވުނު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މަޝްވަރާއެކެވެ.

އޯޕެން ޑިމޮކްރަސީގައި ވާގޮތުން، "ޓްރިޕަލް އޭ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ގޮތުން ބާރުއަޅަމުންދާވަރު މަދުކުރުމަށް، އެމެޒޯން ޖަންގަލި ސަރަހައްދުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމެވެ. "ޓްރިޕަލް އޭ" އަކީ ދުނިޔޭގެ ސަރަހައްދުތަކެއް ކަމަށްވާ އެންޑަސް، އެމެޒޯން އަދި އެޓްލާންޓިކް ހިމެނޭ ގޮތަށް ތިމާވެށި ދިރާސާ ކުރާ ފަރާތްތަކުން ދުނިޔޭގެ 265 މިލިއަން ސްކޮޔަރ ކިލޯމީޓަރުގެ ޖަންގަލި ރައްކާތެރި ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

ނަމަވެސް ބޮލްސޮނެރޯ ބޭނުންވެވަޑައިގަންނަވަނީ އެކަން ހުއްޓުމަކަށް ގެނެސް ދުނިޔެއިން ފެހިކަން ނައްތާލަންކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ ކުރިން ދެކެވުނު ވާހަކައަކީ، އެމެޒޯންގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ފަހަތުގައި ތިބީ ދަނޑުވެރިންނާއި ކޮންކްރީޓް ތަރައްގީއަށް ފެންބޮވައިގެންފައި ތިބޭ މީހުންކަމުގައި އޭނާ ވިދާޅުވި ވާހަކައެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގެ އިތުރުން އެކި ނޫސް އޭޖެންސީތަކުން ބުނަމުންދަނީ އެމެޒޯންގެ ފެހިކަން ނައްތާލުމަށް ދަނޑުވެރިންނަށާއި އެހެނިހެން މީހުންނަށް ބާރުއަޅަނީ ހުދު ބޮލްސޮނެރޯ ކަމެވެ.

ބްރެޒިލްގެ ބޮޑުބައެއް ފޮރުވޭ އެމެޒޯން ޖަންގައްޔަކީ ކޮލަމްބިއާއާއި ޕެރޫގެ އިތުރުން ދެކުނު އެމެރިކާގެ އެހެނިހެން ގައުމުތަކާ ހިސާބަށް ވެސް ދިގުދެމިފައިވާ ބިޔަ ޖަންގައްޔަކަށްވާއިރު، އެމެޒޯންގައި މިގޮތަށް އަލިފާނުގެ ހާދިސާތައް ކުރިމަތިވަމުންދާތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް މިހާ ބޮޑަށް މީހުން މިކަމަށް ހޭލުންތެރިވެފައި މިވަނީ ބޮލްސޮނެރޯގެ އަމަލުތަކުގެ ސަބަބުން އެ ޖަންގައްޔަށް ލިބުނު އަނިޔާތަކުގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެމެޒޯންގައި ހިންގަމުންދާ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ދުވެލީގައި، ނުހުއްޓި ކުރިއަށްދާނަމަ އެ ޖަންގަލި އަލުން ކުރިން އޮތްވަރަށް، އަވަސް މުސްތަގުބަލެއްގައި ފެހިކުރުވުމަކީ އަހަރެމެން އިންސާނުންނަށް ކުރެވިދާނެ ކަމެއް ނޫނެވެ. އަދި ފެހި ކުރުވުން ނޫނަސް، އެތަނުގައި ދިރިއުޅެމުންދާ، އަހަރެމެންނަށް އަދި އެ އެއްޗެހި ދިރިއުޅޭކަން ނުވެސް އިނގޭ ޖަނަވާރާއި ސޫފާސޫފި ނެތިގެން ގޮސްފިނަމަ އެއީ އަހަރެމެން އިންސާނުންގެ އަތުން ދުނިޔެއަށް ދެވޭނެ ފޫނުބެއްދޭވަރުގެ ދެރައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
14%
50%
21%
14%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު