ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 13:18
މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ތެރެއިން
މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ތެރެއިން
ޓްވިޓަރ
ފްރީޓްރޭޑް
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
 
މިނިވަން ވިޔަފާރީގެ މަޝްވަރާތައް މިއަދު ނިމޭނެ

ޗައިނާއާއެކު ކުރިއަށްދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހުގެ މަޝްވަރާތައް ނިމިގެންދާއިރު، ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާ އެކު ގާއިމް ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާވާ ދާއިރާތަކަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނޭ ކަމަށެވެ. ޚާއްޞަ ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތުގެ ވިޔަފާރީގައި ހިއްސާވާ ފަރާތްތަކަށާއި ކުންފުނިތަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޝްވަރާތައް ފެއްޓެވުމުގެ ގޮތުން ބަނޑޮހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، މި އެއްބަސްވުމަކީ އިޤްތިޞާދީ ގޮތުން ދުނިޔޭގެ އެންމެ ކުޑަ ޤައުމާއި ދުނިޔޭގެ އެންމެ ބޮޑު ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްގެންދަނީ ބުރާސްފަތި ދުވަހުގެ (މިއަދުގެ) ނިޔަލަށެވެ.

ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ކުރިއަށްގެންދިޔަ ވާހަކަތަކުގައި ރާއްޖެއިން ބޭރުކުރާ މަހާއި، ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

ފްރީ ޓްރޭޑް އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެފައި ވަނީ  ޗައިނާއާއި ދިވެހިރާއްޖެއިން ޤާއިމްކުރާ ފްރީ ޓްރޭޑް އެއްބަސްވުމުގައި އަންނަ ޖޫން މަހު ސޮއި ކުރެވޭނެކަމަށެވެ. ޗައިނާގެ އިތުރުން ވެސް ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތާއި، ޖަޕާނާއި އެމެރިކާ ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ