ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 09:27
އިންޑިއާ ފުލުހުން ކާރެއް ބަލާފާސްކުރަނީ
އިންޑިއާ ފުލުހުން ކާރެއް ބަލާފާސްކުރަނީ
އިންޑިއާ ޓައިމްސް
އިންޑިއާ
ޓެރަރިސްޓް ހަމަލާގެ އިންޒާރަށް ކެރެލާ އާއި ޓެމިލްނާޑު އެލާޓަށް!
 
އާއްމުން އެއްވެ އުޅޭ ތަންތަނުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފައި
 
އެތެރެވި ކަމަށް ވަނީ ހަ މީހުން

ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތައިބާ ޖަމާއަތުގެ ހަ ޓެރަރިސްޓުން އިންޑިއާ އަށް އެތެރެވިކަމުގެ ރިޕޯޓް ލިބުމާއި އެކު ޓެމިލްނާޑުގެ ފުލުހުން އެލާޓަށް ގެނެސްފިއެވެ.

އެ ހަ މީހުންގެ ތެރެއިން އެކަކީ ޕާކިސްތާނު މީހެއް ކަމަށާއި، ލަފާކުރެވޭ ގޮތުން ބާކީ ތިބި ފަސް މީހުންނަކީ ސްރިލަންކާ މީހުން ކަމަށް އިންޑިއާގެ ފުލުހުންނަށް ވަނީ މައުލޫމާތު ލިބިފައެވެ. ޓެމިލްނާޑުގެ އިތުރުން އެ ސްޓޭޓާ ޖެހިގެން އޮންނަ ކެރެލާގެ ފުލުހުން އެލާޓަށް ގެނެސް ސަލަމާތި ކަންތައްތައް ވަނީ މިހާރު ވަރުގަދަ ކޮށްފައެވެ.

ޓެމިލްނާޑުގެ ވެރިރަށް ޗެންނާއިގެ އިތުރުން ކޮއިމްބަތޫރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހޮޓާ ތަކާއި، އެއާޕޯޓާ، ރޭލް ސްޓޭޝަން އަދި އަޅުކަން ކުރާ ތަންތަނުގެ އިތުރުން މޯލްތަކުގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޓެރަރިސްޓުން ފިލައިގެން އުޅެނީ ކޮއިމްބަތޫރްގައެވެ. ޝައްކު ކުރެވޭފަދަކަމެއް ފެނިއްޖެނަމަ ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
63%
25%
0%
0%
13%
ކޮމެންޓް
25 އޯގަސްޓް 2019 | އާދީއްތަ 13:51
ނުހާ
މީ މުސްލިމުން ގެ ލޭ އޮހޮރުވުމަށް ދައްކާ ބަހަނާއެއް އަދި ޕްރޮޕެގެންޑާއެއް ކަމަށް ވެދާނެކަމަށް ބޭރުގެ ދިރާސާ ކުރާ ފަރާތް ތަކުން ބުނެއެވެ.