ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރާއްޖެ - އިންޑިއާ-ޕާކިސްތާން

އިންޑިއާއާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުން ހައްލުކުރުން މުހިއްމު: މިނިސްޓަރ ޝާހިދު

  • ޝާހިދާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ވަނީ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައި

ތަހާރަތު މުހައްމަދު ވަހީދު
thahavahyd

ކ. މާލެ 23 އޯގަސްޓު 2019 | ހުކުރު 20:42 2,789

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު - އާކައިވް

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލު ކުރުން މުހިއްމު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއާއި ފޯނުން ވާހަކަފުޅު ދައްކަވައި ވަނީ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހިނގަމުންދާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޖައްމު އެންޑް ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ވަނީ އޮޅުން ފިލުއްވާފަ އެވެ.

އިންޑިއާއިން އެގައުމުގެ ގާނޫނު އަސާސީގެ 370ވަނަ މާއްދާ އުވާލުމާއި މެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު ޝާހިދަށް، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ އަރުވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޕާކިސްތާނާއި އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް ރަޙުމަތްތެރި ދެ ޤައުމުކަމަށާއި، އެ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއިއެކު ހައްލުކުރުމުގެ މުހިއްމުކަމެއް ކަމަށް ޝާހިދު ވިދާޅުވި ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް