ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 19:17
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޓްވިޓަރ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް އިލްމްވެރިން ވިދާޅުވޭ: ރައީސް މައުމޫން
 
މިހާރުގެ އިލްމުވެރިންނާއި ކުރީގެ އިލްމުވެރިން، އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ވިދާޅުވޭ
 
ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރު އައްޔަން ކުރީ ރައީސް މައުމޫންގެ ވެރިކަމުގައި
 
ރާއްޖޭގައި މިހާރު ވެސް އަންހެނުން ފަނޑިޔާރުކަން ކުރައްވާ

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްކަމަށް އިލްމްވެރިން ވިދާޅުވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫނު ކުރެއްވި ޓްވީޓުގައި ވަނީ މިހާރުގެ އިލްމުވެރިންނާއި ކުރީގެ އިލްމުވެރިން، އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ވިދާޅުވެފައިވާކަމަށެވެ. ރައީސް މައުމޫންގެ ޓުވީޓްގައި ބައެއް އިލްމްވެރިންގެ ނަންތައްވެސް ހިމަނުއްވާފައިވެއެވެ.

އެގޮތުން ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް ތަބާރީ، އިބްނު ހަމްޒު، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި މިހާރުގެ އިލްމުވެރިންގެ ތެރެއިން ޔޫސުފް އަލް ގަރަދަވީ، އަބްދުލް ކަރީމް ދައިދާން، ސައީދު ރަމަލާން ފަދަ ބޭފުޅުން ވެސް އެގޮތަށް ވިދާޅުވެފައިވާކަމަށް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެއް އައްޔަން ކުރެވިގެން ދިޔައީ ވެސް ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރުއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރަކީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މ. ކޮކާހަނދުވަރު، އައިޝާ ޝުޖޫން މުހައްމަދެވެ. 2007 ވަނަ އަހަރު ޝުޖޫނާއެކު އިތުރު ފަނޑިޔާރަކުވެސް އައްޔަންކުރެއްވި އެވެ.

ފަނޑިޔާރުންނަށް އަންހެނުން އައްޔަންކުރުމާއި މެދު ބަހުސެއް ފެށިގެން ދިޔައީ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅުއްވި ދެ ނަންތަކުގައި އަންހެން ބޭފުޅުން ހިމެނޭތީއެވެ. އެކަމާއި ގުޅިގެން އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫން، ހަރާމް ކަމެއް ކަމަށް ބުނާ ރައުޔަށް ބުރަވާކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވަނީ ބަޔާނެއް ނެރެފައެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހަށް ފެނިވަޑައިގެންނެވި ދެ ނަމަކީ ޝުޖޫނާއި މ. ސީނާ، ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމާއިމެދު ޚިޔާލު ތަފާތު ވެފައިވާއިރު ރާއްޖޭގެ ކޯޓުތަކުގައި މިހާރު ވެސް އަންހެނުން ފަނޑިޔާރުކަން ކުރައްވައެވެ. އެގޮތުން ފެމިލީ ކޯޓުގައި އަންހެން ފަނޑިޔާރަކު އިންނަވާއިރު ސިވިލް ކޯޓުގައި ވެސް ދެ އަންހެނުން ފަނޑިޔާރުކަން ކުރައްވައެވެ. މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓާއި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ވެސް އަންހެނުން ފަނޑިޔާރުކަން ކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
67%
0%
0%
ކޮމެންޓް
23 އޯގަސްޓް 2019 | ހުކުރު 19:46
؛މުހައްމަދު 5610
https://islamqa.info/en/answers/71338/ruling-on-appointing-a-woman-as-a-judge
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު