ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 18:19
ގައުމީ ވޮލީ ޓީމު
ގައުމީ ވޮލީ ޓީމު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސެންޓްރަލް ޒޯން
ސެންޓްރަލް ޒޯން: ތުރުކަމިނިސްތާން އަތުން ބަލިވެ ރާއްޖެއަށް ހަތަރުވަނަ
 
މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ތުރުކަމިނިސްތާން އަތުން ބަލިވެއްޖެއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ތުރުކަމިނިސްތާނާ ވާދަކޮށް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ނޭޕާލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދި ނަމަވެސް، މި ސެޓް 20-25 އިން ގެންދިޔައީ ތުރުކަމިނިސްތާނެވެ.

ދެވަނަ ސެޓްގައިވެސް ރާއްޖެއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ސެޓް ތުރުކަމިނިސްތާނުން ގެންދިޔައީ 19-25 އިންނެވެ. އަދި ތިންވަނަ ސެޓްވެސް އެޓީމުން ގެންދިޔައީ 19-25 އިންނެވެ.

މުބާރާތުގައި ރާއްޖެއިން ޖުމްލަ ހަތަރު މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވީ ގްރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން އެކަނިއެވެ. ރާއްޖެ ވަނީ އުޒްބަކިސްތާނާ ދެކޮޅަށް ސެމީގައި ކުޅުނު މެޗުގެ އިތުރުން ގްރޫޕް ސްޓޭޖުގައި ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައެވެ.

މީގެކުރިން ރާއްޖެއިން ރިހި މެޑަލް ހޯދާފައިވާ މި މުބާރާތަށް މިފަހަރު ކަނޑައެޅީ ރަން މެޑަލްއަށެވެ. ރާއްޖެއިން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މުބާރާތަށް ރާއްޖެ ފުރުމުގެ ކުރިން ރާއްޖޭގައި ލަންކާއާއެކު ތިން ރަހުމަތްތެރިކަމުގެ މެޗު ވަނީ ކުޅެފައެވެ. އަދި ރާއްޖެއިން ވަނީ ޔޫރަޕްގެ ސާބިއާގައި ތަމްރީންތަކެއްވެސް ފުރިހަމަކޮށްފައެވެ.

ވޮލީގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އަދި ސަރުކާރުން އަންނަނީ ވޮލީއަށް ކުރިއެރުންތަކެއް ހޯދައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް