ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 18:30
ރައީސް މުހައްމަދު ނަޝީދު، ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރައީސް މުހައްމަދު ނަޝީދު، ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް ނަޝީދު
ފަނޑިޔާރުގެ އިސްލާހުނުކޮށް އެހެން ދިމާލަކަށް ދިޔުމަކީ ބުއްދިވެރިކަމެއް ނޫން: ރައީސް ނަޝީދު
 
ކަންކަން ލަސްވާކަމަށް ބައެއް ދިމާތަކުން އަޑުތައް އިވިވަޑައިގަންނަވާކަމަށް ވިދާޅުވި
 
ފަނޑިޔާރުންގެ ސުލޫކާއި ގުޅޭކަންކަންވެސް އިސްލާހްކުރެވެމުންދޭ
 
ހޯމަ ދުވަހަށް މަސައްކަތް ނިންމާލާ، ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ލިބޭވަރުވާނެ

ފަނޑިޔާރުގެ އިސްލާހްނުކޮށް އެހެން ދިމާލަކަށް ދިޔުމަކީ ބުއްދިވެރިކަމެއް ނޫންކަމަށާއި، އެންމެ މުހިންމުކަމެއްގެ ގޮތުން މިހާރުކުރަމުންގެންދަނީ ފަނޑިޔާރުގެ އިސްލާހްކުރުމުގެ މަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތްކުރިއަށްދާގޮތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށާއި، ހޯމަ ދުވަހަށް މަސައްކަތް ނިންމާލާ، ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ލިބޭވަރުވާނެކަމަށެވެ.

ފަނޑިޔާރުންނާއި ގުޅޭކަންކަން އިސްލާހްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާކަން ފާހަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކާއި ގުޅޭކަންކަންވެސް އިސްލާހްކުރެވެމުންދާކަމަށެވެ. އަދި ޖޭއެސްސީގެ ޤާނޫނަށްވެސް އިސްލާހު ގެނެވިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކަންކަން ލަސްވާކަމަށް ބައެއް ދިމާތަކުން އަޑުއިވި ވަޑައިގަންނަވާކަމަށާއި، ނަމަވެސް އެންމެ މުހިންމުކަމަކީ ޝަރުއީ ނިޒާމް އިސްލާހުކުރުމާއި، ފަނޑިޔާރުގެތައް ސާފުކުރުން ކަމަށެވެ. އަދި އެ މަސައްކަތްނުކޮށް، އެހެން މަސައްކަތަކާއި ދިމާލަށް ދިއުމަކީވެސް ބުއްދިވެރިކަމެއްކަމަށް ނޫންކަން މީގެ 6 މަސްކުރިންވެސް އަޅުގަނޑުމެން ގަބޫލުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މަސައްކަތް ކުރިއަށްގެންދިއުން އެއީ ތާވަލްވެފައި އޮތްގޮތް. އެހެން އުމްރާނީ ޕްރޮޖެކްޓްތަކާއި މަޝްރޫއުތައް ކުރިއަށްގެންދިއުމަށްވެސް އަޅުގަނޑުމެންނަށް އަންދާޖީ ހިސާބުތަކެއް، ތާރީހުތަކެއް ފެންނަން. އެހެންވީމަ އެ ތާރީހްތަކުގެ ތެރޭގައި އަޅުގަނޑަށް ފެންނަ ފެނުމުގައި ސަރުކާރުގެ ޕްރޮޖެކްޓްތައްވެސް، ޕީއެސްއައިޕީ މަސައްކަތްތައްވެސް އަދި ލާމަރުކަޒީ ނިޒާމްގެ ބޭނުންތައްވެސް، އެންމެ ކުޑަ އުޖޫރަވެސް، ބޯހިޔާވެހިަކންވެސް، ދަތުރުފަތުރުގެ ނިޒާމުވެސް، މަހުގެ ހަމަ އަގު ލިބުންވެސް ވާނެ.

ރައީސް ނަޝީދު ވިދާޅުވީ ކަނޑައެޅިފައިވާ ތާރީހްތަކުގައި ސަރުކާރުގެ ވައުދުތައް ފުއްދޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭގެތެރޭގައި ތަރައްޤީ ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންގޮސް، ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
81%
0%
19%
0%
0%
ކޮމެންޓް
24 އޯގަސްޓް 2019 | ހޮނިހިރު 09:09
ސަނީ
ރަޢިއްޔަތުންނަށް ސީދާގޮތުން ކޮށްދެވުނު ކަމެއް އަދި ލިބުނު މަންފާއެއްނެތް ދެއްތޯ؟ މިސަރުކާރު އައީ ހަމަހަމަ އުސޫލް ޤާއިމް ކޮށްދިނުމަށް ވަޢޫދު ވެގެން. މިހިސާބަށްވެސް ކަމެއް ވެފަ އޮތީ ބޮޑުންގެ ޖީބޫ ތިޔާގި ކުރުމަށް. ނިކަމެތި މީހާ ހައިހޫނުގަ ބަޑަށް ކުޅުޖަހަޖާ އިންތިޒާރުގަ މަގުމަތިވެފަ. މިހެން ތިއްބާ އަނެއްކާވެސް އިންތިޚާބެއް. ކޮންމެ އިންތިޚާބަކަށް އިންތިހާއަށް ވަޢުދު. އިންތިޚާބު ނިމުނީމަ ފޯނުންވެސް ނުގުޅޭތަނުގަ ބޮޑުންގެ މަންފާއަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުހިނގާ. މިފަހަރު އެހެން ނުހައްދަވާ. ކަމެއް ކޮށްދެއްވާފަ އިންތިޚާބަށް ވަޑައިގެންނެވުން ބުއްދިވެރި. އިންތިޚާބު ފަސްކޮށްގެން ނަމަވެސް. ހައްޤުވާ ވަޒީފާތަކާއި އެތަކެއް ބައެއްގެ ހައްޤު ބަދަލު ދެއްވާ.