ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 16:08
ރ. ދުވާފަރު
ރ. ދުވާފަރު
ރާއްޖެ އެމްވީ
ރ.ދުވާފަރު
ދުވާފަރަށް ބަދަލުކުރި ރައްޔިތުންގެ ރަޖިސްޓަރީ ހަދައިދިނުމާ ބެހޭގޮތުން އަމަލުކުރާނެގޮތުގެ އުސޫލު އާންމުކޮށްފި
 
ގޯތީގެ ރަޖިސްޓަރީ ކުރުމާ ބެހޭ ގޮތުން އަމަލުކުރާނެ ގޮތް ވަނީ ކަނޑައަޅާފައި
 
މިއީ ބޯހިޔަވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލި އުސޫލެއް

ރ. ކަނދޮޅުދޫގެ ރައްޔިތުން ރ. ދުވާފަރަށް ބަދަލުކޮށް، އެ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރި 676 ގޭގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުމާ ބެހޭގޮތުން އަމަލުކުރާނެގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

މިއުސޫލުގެ މަގުސަދަކީ ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ރައްޔިތުން ރ. ދުވާފަރަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި، ދުވާފަރުގައި އިމާރާތްކުރި ގެތައް ކަނދޮޅުދޫގެ ރައްޔިތުންނަށް ހަވާލުކުރުމެވެ. އަދި އެރައްޔިތުން ދުވާފަރަށް ބަދަލުވެ ދިރިއުޅުން އާރާސްތު ކޮށްފައިވާތާ ގިނަ ދުވަސްތަކެއް ހިނގައިދިޔަ އިރުވެސް ހުރިހާ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ދާއިމީ ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދެވިފައިނުވާތީ އާއި ބޯހިޔަވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަޖިސްޓަރީ ހަދައިދިނުމުގެ މަސައްކަތް އަލުންފަށައި، ރަޖިސްޓަރީ ނުކޮށްހުރި ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި އުމަލު ކުރާނެ އިޖުރާއަތުތަކެއް ކަނޑައެޅުމެވެ.

މިއުސޫލުގެ (ހ) ގައި ވާގޮތުން އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި ބަލާނޭ އާންމު މިންގަނޑުގެ ތެރޭގައި ދުވާފަރުން ދޫކޮށްފައިވާ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި އަސްލަކަށް ބަލާނީ، ދުވާފަރުގެ ގެތަކުގެ ވަގުތީ ރަޖިސްޓަރީގެ ގޮތުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅައިފައިވާ ލިސްޓުގެ މައްޗަށް އެކުލަވައިލައި ދައުލަތުގެ ކަމާގުޅޭ އީދާރާއިން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއަށް ކަމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ލިސްޓުގައި، ހިމެނޭ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު، ކަނދޮޅުދޫ މީހުންގެ އަނބިންނާއި ފިރިންގެ ގޮތުގައި ހިމެނިފައިވާ ކަނދޮޅުދޫގެ ރަށްވެހިން ނޫން އެހެން ރަށްރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ތެރޭގައި ހިމެނިފައިވީ ނަމަވެސް، ދާއިމީ ރަޖިސްޓަރީ ހަދައިދޭއިރު ވަރިވެފައިވާ އަނބިންނާއި ފިރިން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެ މި މާއްދާގެ (ރ) އާ ޚިލާފުނުވާނަމަ، އެ ލިސްޓުން އުނިކުރަންޖެހޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓަރީ ހަދައިދިންއިރު އެ ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތްތަކާއި ކައުންސިލާއެކު މަޝްވަރާކޮށް، ރަޖިސްޓަރީ ކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައި އެ ނިންމުމުގެ މައްޗަށް އިގްރާރުވެ، ގަރާރެއްގައި ސޮއިކުރަންޖެހެނެކަމަށްވެސް ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް