ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 12:35
ކ.ގާފަރު
ކ.ގާފަރު
ގޫގުލް
ކ.ގާފަރު
ތެލުގެ ވިޔަފާރި ކުރުމަށް ގާފަރުން ދިހަ އަހަރަށް ބިމެއް ކުއްޔަށް ދޫކުރަނީ
 
10 ސެޕްޓެމްބަރގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ
 
އެއީ 1500 އަކަފޫޓްގެ ބިމެއް

ކ.ގާފަރުން ތެޔޮވިއްކުމުގެ ވިޔަފާރިކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށުގެ ކައުންސިލުން ނިންމައިފިއެވެ.

ގާފަރު ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުން، ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް 1500 (ފަނަރަސަތޭކަ) އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިބިން ކުއްޔަށް ދޫކުރަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ކައުންސިލުން ބުނީ މިބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް