ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 12:29
ހއ.ކެލާ
ހއ.ކެލާ
ހއ.ކެލާ
ކެލާއިން ބިން ކުއްޔަށް ދޫކުރަނީ
 
ބިޑުހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް
 
އަންދާސީ ހިސާބު 03 ސެޕްޓެންބަރުގެ ކުރިން ހުށަހަޅަންޖެހޭ

ހއ. ކެލާއިން ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ކެލާ ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރުމަށް 7000 އަކަފޫޓްގެ 02 ބިން 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ.

ކައުންސިލުން ބުނީ މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު 03 ސެޕްޓެންބަރު 13:00ގެ ކުރިން ހުށަހަޅަންޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރުމާއި ބިޑުހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނަރޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުން ކަމަށެވެ.

ކައުންސިލުން ބުނީ ބިޑް ހުށައަޅަން، ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅަންޖެހޭ ކަމަށާއި، މައުލޫމާތު ސާފު ކުރެއްވުމަށް 27 އޮގަސްޓް 13:00 ގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
40%
0%
40%
20%
0%
ކޮމެންޓް