ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 12:27
ސޯޝަލް ސެންޓަރުގެ ތެރޭގައި ހުރި ޕާކް
ސޯޝަލް ސެންޓަރުގެ ތެރޭގައި ހުރި ޕާކް
ސޯޝަލް މީޑިއާ
ޔޫތް މިނިސްޓްރީ
ސޯޝަލް ސެންޓަރުގެ ކުޑަކުދިންގެ ޕާކް ވަގުތީގޮތުން ނަގަނީ
 
ޕާކް އެހެން ސަރަހައްދެއްގައި ބެހެއްޓުމަށް ދަނީ މަޝްވަރާކުރަމުން
 
މުބާރާތް އޮތީ ސެޕްޓެމްބަރު މަހުގެ 6-8 އަށް

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެއް މާލޭ ކޮމިއުނިޓީ ސެންޓަރު (ސޯޝަލް ސެންޓަރު) ގޯތިތެރޭގައި ބޭއްވުމަށް ނިންމާފައިވާތީ އެސަރަހައްދުގައި ހުރި ކުޑަކުދިންގެ ޕާކް ވަގުތީ ގޮތުން ނަގަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ސެޕްޓެމްބަރު މަހުގެ 6-8 މާލޭ ކޮމިއުނިޓީ ސެންޓަރު ގޯތިތެރޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ, ވަގުތީގޮތުން ކުޑަކުދިންގެ ޕާކް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ ޕާކް ވަގުތީ ގޮތުން ނަގަން ނިންމީ ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރެއަކީ މިމުބާރާތް ބޭއްވުމަށް އެންމެ އެކަށީގެންވާ ސަރައްހަދު ކަމަށް ގަބޫލުކުރެވޭތީ އާއި އެހެން ސަރަހައްދެއްގައި މުބާރާތް ބާއްވާނަމަ އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހޭނެތީ ކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ ވަގުތީ ގޮތުން ޕާކް އެހެން ސަރަހައްދެއްގައި ބެހެއްޓުމުގެ މަޝްވަރާތައް މާލޭ ސިޓީ ކައުންސިލާއެކު ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ހަ ރަށެއްގައި މިނިސްޓްރީން ޕާކް ގާއިމްކޮށްފައިވާއިރު އިތުރު 12 ރަށެއްގައި ޕާކް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްށެވެ. މީގެ އިތުރުން ޕާކް ގާއިމް ކުރާނެ އިތުރު 12 ރަށެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް