ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 08:15
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް
ފަލަ ސުރުހީ
ލާމަރުކަޒީ ނިޒާމެއް ގާއިމުކުރަން ބޭނުންނަމަ މުއައްސަސާތަކުގެ ސަގާފަތްތައް ބަދަލުވާން ޖެހޭ: އައިމަން
 
އެންމެ މީހަކު ހުރިހާ ކަމެއް ނިންމާ، ހުރިހާ ކަމަކަށް ބާރުފޯރުވާ އެކަންކަން މަރުކަޒީކޮށް ކުރުމަކީ ވަރަށް ހުދުމުހުތާރީ ވިސްނުމެއް
 
އެންމެ މަތިން ވިސްނުން ބަދަލުވިކަމުގައި ވިޔަސް އިތުރު އެތައް ފަށަލައެއް އަދި އޮވޭ
 
ވޭތުވެ ދިޔަ އަހަރުތަކުގައި މުއައްސަސާތައް ހިނގަމުން އައީ ހުދުމުހުތާރު ގޮތަކަށް

މުއައްސަސާތައް ހިންގަން ތިބޭ ފަރާތްތަކުގެ ވިސްނުމާއި ވައްޓަފާޅިއާއި މުއައްސަސާތަކުގެ ސަގާފަތްވެސް ބަދަލު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވީ ރައްޔިތުން ބައިވެރިކޮށްގެން ހާމަ ކަމާއެކު ކަންކަން ކުރުމާއި ޖަވާބުދާރީ ވަނިވި ގޮތަކަށް ކަންކަން ތަރުތީބުކުރުން އަދި ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ ފަދަ ގޮތަކަށް ނިޒާމު ތަރުތީބު ކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ކޮންމެހެން ހުންނަން ޖެހޭ ކަންކަން ކަމަށް ވުމުން އެކަންކަމަށް ލާމަރުކަޒީ ނިޒާމެއް ކޮންމެހެންވެސް ބޭނުންވާކަމަށެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި މުއައްސަސާތައް ހިނގަމުން އައީ ހުދުމުހުތާރު ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ގާނޫނު އަސާސީއެއް ތަސްދީގު ކުރެވި އެންމެ ފުރަތަމަ މަލްޓިޕާޓީ އިންތިހާބެއް ބޭއްވިގެން ސަރުކާރެއް އިންތިހާބުވެ، ހަމައެއާ އެއްކޮށް އެ ސަރުކާރު ބަދަލުވެ އޭގެ ފަހުން ދެން މިއައި ސަރުކާރުން އެހާ ފަސޭހައިން މުޅި ނިޒާމު ގަޑުބަޑު ކޮށްލަން ފުރުސަތު ލިބުނު މައިގަނޑުނ އެއް ސަބަބަކީ އެ މުއައްސަސާތައް އެތައް ޒަމާނެއް ވަންދެން ފަރިތަކޮށް ކުރަމުން، ކުރަމުން އައީ ނިކަން މަރުކަޒީކޮށް، އެހެންވީމަ މަރުކަޒީ ވިސްނުމަށް ނިކަން ފަސޭހަ ވާނެ އަނބުރާ ދާން، އެކަން އަދިވެސް ދައުލަތުގެ ތެރެއިން މުޅިން ނުފިލާ

އައިމަން އިތުރަށް ވިދާޅުވީ އެންމެ މަތިން ވިސްނުން ބަދަލުވިކަމުގައި ވިޔަސް އިތުރު އެތައް ފަށަލައެއް އަދި އޮންނަ ކަމަށާއި ލާމަރުކަޒީ ނިޒާމެއް އައިނަމަވެސް އިދާރީ ގޮތުންނާއި ވަސީލަތްތައް ހުންނަ ގޮތުން އަންނަ ގޮން ޖެހުން ތަކެއްވެސް ވާކަމަށެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ އެންމެ މީހަކު ހުރިހާ ކަމެއް ނިންމާ، ހުރިހާ ކަމަކަށް ބާރުފޯރުވާ އެކަންކަން މަރުކަޒީކޮށް ކުރުމަކީ ވަރަށް ހުދުމުހުތާރީ ވިސްނުމެއް ކަމަށެވެ. އަދި ލާމަރުކަޒީ ވިސްނުމަކީ އޭގެ ޒާތުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިކޮށްގެން ކަންކުރުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ވިސްނުން ހުރިހާ ދިމާލެއްގައި އަށަގަނެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް