ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 18:21
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބޭއްވި އިވެންޓެއްގެ ތެރެއިން އަރިހުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތު
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބޭއްވި އިވެންޓެއްގެ ތެރެއިން އަރިހުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތު
ސޯޝަލް މީޑިއާ
މަގޭ ރިޕޯޓް
މުޅި ދައުލަތް ކޮޅާލީ "ގެންގުޅުއްވި ބޯއިޒް ކޮޅު" ބޭނުން ކުރައްވައިގެން؟!
 
ފައިދާ ނުވާނެ ފަރާތެއް އަރިހުގައި ނުގެންގުޅުއްވާ
 
ބޭނުންހާ ކަމެއް ކުރުމަށް ބާރުއެޅުއްވި
 
ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކިންގެ ތެރެއިން ތިން ހެކި ބަސް ވަނީ ނަގާފައި

މިއީ ރައްޔިތުނަށް އާ ވާހަކައެއް ނޫނެވެ. ގައުމުގެ ވަލިއްޔުލްއަމްރަކަށް ކުރިން ހުންނެވި ބޭފުޅާ އަކީ ބޮޑު ވަގެކޭ ނުބުނާނަމެވެ. ނަމަވެސް އެއީ ވޭތުވެދިޔަ ފަސް އަހަރު ވެސް އިވިގެން ދިޔަ ވާހަކަތަކެވެ. ތަފާތަކީ ތުހުމަތުތައް ކުރެވުނު ފަރާތްތަކުން ރައްޔިތުންގެ ކުރިމަތީގައި އެއްބަސް ނުވުމެވެ.

މިދައްކަނީ ގައުމުގެ ވަލިއްޔުލް އަމްރަކަށް ހުންނެވި ބޭފުޅަކު ދައުލަތް ކޮޅާލި ކަމަށް ބުނާ ވާހަކައެވެ. ގާތްކޮށް ގެންގުޅުއްވި ބޭފުޅުން ބޭނުން ކުރައްވައިގެން އަމިއްލަ ޖީބަށް ބޮޑުކުރި ކަމަށް ބުނާ ވާހަކައެވެ.

ބުނާތީ އިވެއެވެ.އެ މަނިކުފާނަށް ފައިދާ ނުވާނެ ފަރާތެއް އަރިހުގައި ނުގެންގުޅުއްވާނެއެވެ. އެމަނިކުފާނާއި އެންމެ އަރިސް ވާނީ އެމަނިކުފާނަށް ސަނާ ކިޔާ ފައިސާ ދޭ ފަރާތްތަކެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ހެކިބަސް ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ދިން ހެކިބަހުން މާ ބޮޑަށް ވެސް އެމަނިކުފާނު ހުންނެވި ދުވަސްވަރު އެއްބަސްވި ކަންތައްތަކަށް ބާރުދެއެވެ.

އެމަނިކުފާނަށް ކުރެވޭ ތުހުމަތު ތަކުގައި ދެކޮޅަށް ނެގި ތިން ހެކިންގެ ހެކިބަހުން ދޭހަވަނީ މަގާމުގައި ތިބި ފަރާތްތަކުގެ މަޖުބޫރީ ހާލަތެވެ. ރައީސް ޔާމީން ވިދާޅުވާހާ ކަމެއް ކުރައްވަން މަޖުބޫރު ކަމެވެ. ދައުލަތުން ހުށައަޅާފައިވާ ކިތާބީ ސާފު ހެއްކާއި ހެކިން އެދައްކާ ވާހަކަތަކާއި ދިމާވާކަމެވެ. އެހެކިތަކާއި ފަސް އަހަރު ތެރޭގައި ރައްޔިތުން ދެއްކި ވާހަކަތަކާއި ދިމާ ވެސް ވާކަމެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަށް ޒިޔަތު އައްޔަން ކުރެއްވުމާއި ޓޫރިޒަމް މިނިސްޓަރަކަށް އަދީބު އައްޔަން ކުރެއްވީ ދުރާލާ ރާވައިގެން ކަމަށް ބުނެވިދާނެއެވެ. ޝަރީއަތުގައި އެބޭފުޅުން ދެއްކެވި ވާހަކަތަކުން ކޮންމެ ކަމެއް ކުރީ ވެސް ރައީސް ޔާމީނަށް އެނގިލައްވައިގެން އެމަނިކުފާނު އެންގެވިގޮތަށޭ ވިދާޅުވުމުން އޭގެ ހެއްކަކަށް ފުދެއެވެ. އަދީބާއި ޒިޔަތު ދިރުވާލި ކަމަށް ބުނާ ފައިސާގެ ވާހަކަ އަދި އިހަށް ބާއްވާށެވެ.

އަދީބު އަދީބަކަށް ހެއްދެވީ ކާކުކަން އޮޅޭނެ އެއްވެސް ފަރާތެއް ނުހުންނާނެއެވެ. މީހުން މީހުންނަށް ހެދީ ނުވަތަ މަގާމު ދިނީ އެމަނިކފާނު އޭގެއިން ނާޖާއިޒު ފައިދާ ނަންގަވަން ނޫނޭ ބުނާނެ ހަމަ އެންމެ ރައްޔިތެއްވެސް ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތް އަޑުއަހާފައި ނުހުންނާނެކަން ކަށަވަރެވެ. އެ ހެކިތައް ދައުލަތުން ހުށައެޅީ ސާފު ހެކިތަކާއެކު ލިބިފައިވާ ސްޓޭޓްމަންޓްތަކާއި އެކުއެވެ.

އެކަން އޮޅުވާލުމަށް ގަޓުގައި ކުރެއްވި ސުވާލުތަކުން ރައްޔިތުން އެ މަނިކުފާނުދެކެ އިތުރަށް ރުޅިގަދަވީއެވެ. މަނިކުފާނު ގާނޫނާއި ޚިލާފުނުވާ ކަމަށް ދެއްކެވުމަށް އެހެން މީހުންގެ ބޮލަށް ޖަހާލުމަށް ގާނޫނާއި ޚިލާފުވީތޯ ޝަރީއަތުގައި އެއްސެވުމުން އިތުރަށް ވީ ފަޟީހަތެވެ. ގާނޫނާއި ޚިލާފުވީ މަނިކުފާނު ވެސް އެކަމުގައި ޝާމިލްވާ ގޮތަށޭ ވިދާޅުވުމުން އެކަން ގަބޫލު ނުކުރެއްވުނީ ހަމަ އެމަނިކުފާނެވެ.

ހެކިންގެ ހެކިބަހުން ހާމަވާގޮތުގައި އެބޭފުޅުން ބޭނުންކުރެއްވީ އެމަނިކުފާނަށް ފައިދާ ވާގޮތަށް ފައިސާ ލިބޭ ގޮތަށެވެ. ދައުލަތް "ކޮޅާލަން " އެމަނިކުފާނު އެ ބޭފުޅުން ބޭނުން ކުރެއްވިކަމެވެ.

ރަނގަޅުގޮތަކީ ކުރެއްވި ކަމެއްވާނަމަ އެކަމަށް އެއްބަސްވެ ރައްޔިތުންގެ ކިބައިން މާފަށް އެދިލެއްވުމެވެ. ރައްޔިތުންގެ ފައިސާއިން ނެންގެވި ކަމަށް ބުނާ ފައިސާއެއް ނެންގެވިކަމަށްވާނަމަ އަނބުރާ ރައްޔިތުންނަށް ދެއްވުމެވެ.މަނިކުފާނަށް ރައްޔިތުން މާފުދޭނީ އޭރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
5%
16%
0%
68%
0%
11%
ކޮމެންޓް
24 އޯގަސްޓް 2019 | ހޮނިހިރު 19:14
ތިމަންނަ
" އެދުވަހުން" ވެސް މިކަލޭގެ ބުނާނެތާ މަށްކަށް ނޭގެއޭ ޚާލިދު ބުނި ވަލީދޭ ހުރިހާ ކަމެއް ކުރީ...