ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 08:13
ރައީސް ޔާމީން ކޯޓް ރޫމް ތެރޭގައި
ރައީސް ޔާމީން ކޯޓް ރޫމް ތެރޭގައި
މަގޭ ރިޕޯޓް
ރައީސް ޔާމީން ސަރުކާރު ހިންގެވި ގޮތް ކޯޓް ރޫމް ތެރެއިން
 
ގާނޫނާއި ޚިލާފު ކަންތައް ކުރަން ރައީސް ޔާމީން އެންގެވި
 
އަދީބް އާއި ޒިޔަތު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަކީ ދިވެހި ތާރީޚް ދުށް އެންމެ "ކޮރަޕްޓް" ސަރުކާރު ކަމަށް ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ދިވެހިން ދުށް އެންމެ އަނިޔާވެރި ޚުދުމުހްތާރް ވެރިކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ. މުޅި ދައުލަތް މުށު ތެރެއަށް ލައްވައިގެން ތިމާ ބޭނުން ގޮތަކަށް ރައީސް ޔާމީން ވެރިކަން ކުރެއްވި ކަމަށާއި، އެއީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށް، އެއް އަޑަކުން އެތައް ބަޔަކު މިއަދުވެސް ގޮވަމުންދާ ގޮވެލިފަތިއަކީ އެއީއެވެ.

ތިމާގެ އާރާއި ބާރު ހުރި ދުވަހުގެ ތިމާ ބޭނުން ގޮތަކަށް ހުރިހާ ކަމެއް ކުރައްވަމުން ގެންދެވިއިރު، ރައީސް ޔާމީނަށް ވެރިކަން ދެއްވި ފަރާތުން އިސާހިތަކު އެ ވެރިކަން ގެންދަވަފާނެ ކަމަށް ހީކުރެވިފައި ހުރި ހެނެއް ދެންނެވޭކަށް ނެތެއެވެ. އެހެން ދަންނަވަން މި ޖެހުނީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތަކުގެ ތެރެއިން ބުރާސްފަތިދުވަހު އޮތް ހެކި ބަސް ނެގުމުގެ މަޖިލީހުގައި ކޯޓް ރޫމު ތެރެއިން ފެނުނު މަންޒަރުތަކުންނާއި އިވުނު އަޑުތަކުންނެވެ. ވެރިކަމުގެ އާރާއި ބާރު ބޭނުންކޮށްގެން ވެރިއަކު މަންފާ ހާސިލްކުރެއްވި ގޮތް ދިރިތިބީންނަށް ވަނީ ވަރަށް ރީއްޗަށް ބުރާސްފަތިދުވަހުގެ ކޯޓްރޫމް ތެރެއިން ފެނިފައެވެ.

ބުރާސްފަތިދުވަހު އޮތް ޝަރީއަތުގެ މަޖިލީހަށް ވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި، އޭރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތު ހާޒިރުކޮށް ހެކިބަސް ނަގާފައެވެ.

ފިނިފެންމާ ލޯންޗްކޮޅުގެ ހާދިސާއަށްފަހު، ރައީސް ޔާމީން އާއި އަދީބް އެއް ތަނަކުން ބައްދަލުވި، މިއީ ފުރަތަމަ ފަހަރެވެ. ހެކި ބަސް ނެގުމުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އަދީބް އާއި ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެ ސުވާލުތަކަށް އަދީބް ވަނީ ޖެހިލުންކުޑަކަމާއެކު ވަރަށް "ކޫލް" ކޮށް ޖަވާބުވެސް ދެއްވާފައެވެ. ދެ މިތުރުން އެކީގައި ކުރެއްވި ގިނަ ކަންތައްތަކުގެ ފަރުދާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ވަނީ ކެހިގެން ގޮސްފައެވެ.

ތަކުރާރުކޮށް މީގެ ކުރިން ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި ފާއިސާއަކީ، އެމްއެމްޕީއާރްސިގެ ޚިޔާނާތުގެ ފާއިސާ ނޫން ކަމަށާއި، އެއީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް އެކި ފަރާތްތަކުން ދެއްވި ދީލަތި އެހީ ކަމަށެވެ.

ޔާމީން ވިދާޅުވަމުން ގެންދެވި އެ ވާހަކަތަކަށް އަދީބް ވަނީ ޝަރީއަތުގެ މަޖިލީހުގައި ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަދީބް ވިދާޅުވެފައިވަނީ ކެމްޕެއިން ފާއިސާއެއް ލިބިވަޑައިގެން ރައީސް ޔާމީން އަދީބަށް ދުވަހަކުވެސް ނުގުޅުއްވާ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރްސީގެ ފާއިސާ ލިބިވަޑައިގެން އެ މަނިކުފާނު ވަރަށް ގިނައިން ގުޅުއްވި ކަމަށެވެ. އަދި އެސްއޯއެފް މީހުން ރައީސް ޔާމީންގެ ގެކޮޅަށް ފާއިސާ ގެންދެވި ކަމަށާއި، އެކަން އޭނާގެ ފޯނުގެ މެސެޖްތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުންވެސް ކަމަށެވެ. އަދީބް ވިދާޅުވީ ގާނޫނާއި ގަވާއިދާއި ޚިލާފު ކަންތައް ރައީސް ކުރެއްވި ކަމަށާއި، ކުރެއްވީ ރައީސް ޔާމީންގެ އަންގަވައިގެން އެމަނިކުފާނުގެ "އޯޑަރަށް" ކަމަށެވެ.

ހަމަ މި މޭރުމުން ޒިޔާތުވެސް ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދެއްވާފައެވެ. އޭނާ ވިދާޅުވީ ގާނޫނާއި ގަވާއިދާއި ޚިލާފު ކަންތައް ކުރެއްވި ކަމަށާއި، އެކަންތައް ކުރެއްވީ ސީދާ ރައީސް ޔާމީން އަންގަވައިގެން އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. މިއަދު މި ދެކެމުން މި އަންނަ ހިތި ދުވަސްތަކަކީ އެކަމުގެ ނަތީޖާ ކަމަށް ބުނެ، ޒިޔަތު ވަނީ އޭނާގެ މާޔޫސީ ޝަރީއަތުގެ މަޖިލީހުގައި ބަންޑުންކޮށްލައްވާފައެވެ.

ރައީސް ޔާމީން އާއި ދެކޮޅަށް، އަދީބް އާއި ޒިޔާތު ދެއްވި ހެކި ބަހުން ފެނިގެންދިޔަ މަންޒަރަކީ ،އެ މަނިކުފާނުގެ ވަލިއްޔުލް އަމްރު ކަމުގައި ހުންނަވާ ގާނޫނާއި ޚިލާފު ކަންތައް އެއްވެސް ޖެހިލުމެއްނެތި ކުރެއްވި ކަމެވެ. އޭރު އެ ގޮތަށް ކަންތައް ކުރެއްވިއިރު، މިދުވަސް އެ މަނިކުފާނު ދެކެންޖެހިދާނެ ކަމަށް ހީފުޅުވެފައިވާ ހެނެއް ހިޔެއް ނުވެއެވެ. ވެރިކަމުގެ އާރާއި ބާރު ތިމާ ބޭނުން ގޮތަކަށް ބޭނުންކުރައްވާފައިވާކަން ކޯޓް ރޫމް ތެރެއިން ވަނީ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައެވެ. އަމިއްލަ މަންފާއަށްޓަކާ ގާނޫނުތައް މުގުރާލައްވާ، ބޭނުންވާ މަންފާ ހާސިލްކުރައްވަން މަސައްކަތް ކުރެއްވި ކަމެވެ.

ވޭތުވެދިޔަ ފަސް އަހަރު ފިނި ހޮޅު އަށިތަކުންނާއި، ކެފޭތަކުންނާއި، މަޖިލިސްތަކުން އަޑުއިވެމުން ދިޔައީ ރައީސް ޔާމީންގެ ވެރިކަމަކީ މިވެނި ކަހަލަ ވެރިކަމެކޭ، އެވެނި ކަހަލަ ވެރިކަމެކޭ ބުނާ އަޑެވެ. ނަމަވެސް ބުރާސްފަތިދުވަހުގެ ކޯޓް ރޫމް ތެރެއިން ސީދާ އެ މަނިކުފާނު ސަރުކާރު ހިންގެވި ގޮތުގެ ޚުލާސާއެއް ވަނީ ވަރަށް ރީއްޗަށް ފެނިގެން ގޮސްފައެވެ.

ޒިޔާތު އާއި އަދީބްވެސް، އޭރު ރައީސް ޔާމީން ޖެހިހާ ބެރަކަށް ނެއްޓެވިއިރު، އެފަރާތްތަކަށްވެސް މިދުވަސް ދެކެންޖެހިދާނެ ކަމަށް ހީ ކުރެވިފައިވާ ހެން ހިޔެއް ނުވެއެވެ.

މިއަދު ގައުމު ހިންގަވަން ތިއްބެވި ފަރާތްތަކުންވެސް ގާނޫނުތަކާއި،އުސޫލްތަކުން ބޭރުން ވެރިމީހާ އަންގަވާހާ ގޮތަކަށް ކަންތައް ކުރެއްވައިފިނަމަ، ބުރާސްފަތި ދުވަހު ކޯޓްރޫމް ތެރެއިން ފެނުނު މަންޒަރު ކޮންމެވެސް ދުވަހަކުން ދެކެން ޖެހިދާނެކަން ހަދާނުގައި ބަހައްޓަންޖެހެއެވެ.ގާނޫނާއި ޚިލާފު ކަންތައް ކުރެއްވުމުގެ ކުރިން ބުރާސްފަތި ދުވަހު ކޯޓް ރޫމް ތެރެއިން ފެނުނު މަންޒަރު ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
80%
7%
0%
6%
2%
6%
ކޮމެންޓް
30 އޯގަސްޓް 2019 | ހުކުރު 20:07
ޏަށީދު
މަގެ ސުވާލަކީ ތިނޫން ކަމެއް ތި ނޫސް ވެރިންނަށް މަތިކޮށް ފަ ނެތީހޭ. ޔާމީނު ޔާމީނު ޔާމިނު. 2008 ގަވެސް ވެރިކަން ލިބުމުން މައުމޫން މަޢުމޫން. ފޭބީމަ ވެސް. މިހާރު މިސަރުކާރު ޒިންމާދާރު ކޮށްބަަލަ. ކުރެވުނު ކަމެއް ހަރާން. އިތުރު ބަޖެޓް އެއް ހޯދުން ފިޔަވާ. ނަޝީދަކީ އިސްކުރު ހުއްޓަސް ދާނިން ވުލުކުރުމާ ހަރުގަނޑު ހުއްޓަސް ކަންދައްކަން މީހުންގެ ކޮޑަށް އަރާ، މީހުން ގުނބޯ ހައްދާމީހެއް.
23 އޯގަސްޓް 2019 | ހުކުރު 21:17
ަަގދދ
ހދދހ
23 އޯގަސްޓް 2019 | ހުކުރު 21:16
ޑަފަބޯ
ހުދުމުހުތާރޭ ކިޔާ ފޯކޭ ނުކިޔޭނެ.... ....2008 އިން ފެށިގެން 2013 ބެލީމަ އެގިގެން ދާނެ ހުދު މުހުތާރު އާތުން...ޔާމިން ވެސް ބަނޑު އެޅި..ތަރައްގީ ވެސް ގެނައި.......ނަޝީދު ވެސް ބަނޑު އެޅި...ވީކަމެއް ހަރާން
23 އޯގަސްޓް 2019 | ހުކުރު 12:10
ޢ.ޔ.ތ
ދުނިޔެމަތީ ފެނިގެންދާ ޢިބުރަތްތެރި ފިލާވަޅުތަކެއް.. ބުއްދިވެރިންނަކީ މާޒީން ފިލާވަޅު ލިބިގަނެ މުސްތަޤްބަލް ރާވާމީހުން...
23 އޯގަސްޓް 2019 | ހުކުރު 11:25
ޙުސެން
މި ލިއުމަށް އެއްވެސް މީހަކު ކޮމެންޓެއް ނުކުރީތީ ހަމަ ޙައިރާން ވެއްޖެއެވެ. ޕީޕީ ވެސް އެމް ޑީޕީ ވެސް ހޮމޭނުން މިއޮތީ ކީއްވެބާވައެވެ؟އަޅުގަނޑު ދެކޭގޮތުގައި މައުމޫން ސަރުކާރުގައި ގެންގުޅުއްވީ އިލްޔާސް އިބްރާހީމް އެވެ. ބޭރުގެ އަޑު ގަދަ ވެއްޖެއްޔާ ވަޒީފާއިން ވަކިކޮށް ބޭރަށް ފޮނުއްވާލައްވާ އަޑުކަނޑުއްވާލައްވައެވެ. މީހުން ހިމޭންވީމާ ގެންނަވާ އަނެއްކާވެސް ޢިއްޒަތް ދެއްވައެވެ. ވައްކަމުގެ ތުހުމަތު އިލްޔާސް އާއި ހިސާބުން ނިމިދެއެވެ. އެގޮތައް ޔާމީން ގެންގުޅުއްވީ އަދީބެވެ. މިފަހަރު އަދީބާއި ހިސާބުން ނިންމާލެވޭގޮތެއް ނުވިއެވެ. ނެޓްވޯރކް މާފުޅާވެ ޢަދަދު މާމައްޗައްގޮސް އަމިއްލައެކައުނޓް ބޭނުންކުރެވުނީމައެވެ@