ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 00:19
އުއްމީދު ޕްރޮގްރާމްގެ ތެރެއިން
އުއްމީދު ޕްރޮގްރާމްގެ ތެރެއިން
ހޯމް މިނިސްޓްރީ
މާފުށި ޖަލު
މާފުށީ ޖަލުގަ ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
 
މަސްތުވާތަކެތިން ދުރުހެލިކުރުމަށް މަސައްކަތް ކުރުމަށް ދެވޭ ތައުލީމް ދޭނެ
 
100 ގައިދީން މިޕްރޮގްރާމްގައި ބައިވެރިވި

ޑްރަގް މައްސަލަތަކުގަ ހުކުމް ތަމްފީޒު ކުރަމުންގެންދާ ގައިދީންނަށް އަމާޒުކޮއްގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށި ޖަލުގަ "އުއްމީދު ޕްރޮގްރާމް" ގެ ނަމުގަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

06 މަސް ދުވަހުގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމަކީ ޖަލުގައި ހުކުމް ތަމްފީޒު ކުރަމުންދާ މީހުން އިސްލާހުކޮށް، މަސްތުވާތަކެތީގެ ވަބާއިން އެމީހުން ސަލާމަތްކޮށް، މުޖްތަމައުއަށް އަނބުރާ ގެނައުމަށް، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭން ހިންގަންފެށި ޕްރޮގްރާމެކެވެ.

100 ގައިދީންނާއެކު ބުރާސްފަތި ދުވަހު ފެށުނު ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާ، މި އިފްތިތާހު ކުރެވުނު ޕްރޮގްރާމަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ޕްރޮގްރާމެއްކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގަ ޖެހިފަވާ މީހަކު އެވަބާއިން ސަލާމަތްވުމަށް ބޭނުންވާނީ އެކަމަށް އަޒުމު ކަޑައެޅުމަށް ކުޑަ ވަގުތުކޮޅެއްކަމަށާ، އަޒުމް ކަނޑައެޅުމަށްފަހު ކަނޑައަޅާ އަޒުމު ދަމަހައްޓައިފިނަމަ، އެވަބާއިން ސަލާމަތްވާނެ ކަމަށެވެ. އަދި އަޤީދާ އާއި އަޒުމް ވަރުގަދަކުރުމަކީ އެއީ އެންމެ މުހިއްމު ކަންތައްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ، މިޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ މީހަކީވެސް، އުޅުމާ އަހްލާގަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ، މުޖްތަމައު ބަލައިގަންނަ، އަބުރުވެރި، ތާހިރު ދިރިއުޅުމެއް އުޅެން ދަސްކޮށްދެވިފައިވާ މީހަކަށް ހަދާދިނުންކަމަށެވެ.

މުނާޒު ވިދާޅުވީ މިޕްރޮގްރާމްގެ އެކިއެކި މަރުޙަލާތަކުގައި ދިރިއުޅުމުގެ ހުނަރާ، އާންމު ސިއްޙީ ހޭލުންތެރިކަމާ، މަސްތުވާތަކެތިން ދުރުހެލިކުރުމަށް މަސައްކަތް ކުރުމަށް ދެވޭ ތައުލީމާ، އިސްލާމީ ތައުލީމްއާ، ހަށިގަނޑުގެ ތަރުބިއްޔަތު ހިމަނާފައިވާ ކަމަށެވެ. އަދި ޖަލުން މިނިވަންވުމާއެކު، އަބުރުވެރި ދިރިއުޅުމެއް ފެށުމަށް އާމްދަނީ ހޯދުމަށް ކުރާނެ އަމަލީ އެކިއެކި މަސައްކަތްތައްވެސް މި ޕްރޮގްރާމްގައި ދަސްކޮއްދެވޭނެ ކަމަށް ވިދާޅުވިއެވެ.

މުނާޒު ވިދާޅުވީ ހުކުމްގެ މުއްދަތު ހަމަވުމުގެ ކުރިން، ޖަލުން މިނިވަންވުމަށް ގާނޫނީ އިމުގެ ތެރޭން ލިބެން ހުންނަ ހުރިހާ ފުރުސަތެއް، ހޯދާ ދިނުމަށް މިޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ސީ.އެސް.އިން އެހީތެރިވެދޭނެކަމަށާ، އެފުރުސަތުތައް ފަހިވެގެންވެސް ދާނެކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް