ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 17:35
ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
ފޭސްބުކް
ސެންޓްރަލް ޒޯން
ސެންޓްރަލް ޒޯން: ސެމީގައި އުޒްބަކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ
 
އުޒްބަކިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ސެމީ ފައިނަލުގައި އުޒްބަކިސްތާން އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކުޅުނު ސެމީ މެޗުން ރާއްޖެ ބަލިވީ އުޒްބަކިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

ނޭޕާލްގެ މެޗުގެ ފުރަތަމަ ސެޓް 20-25 އިން އުޒްބަކިސްތާން ގެންދިޔައިރު، ދެވަނަ ސެޓް ގެންދިޔައީ 19-25 އިންނެވެ. އަދި ތިންވަނަ ސެޓް އުޒްބަކިސްތާނުން ގެންދިޔައީ 21-25 އިންނެވެ. މި ތިން ސެޓުގައިވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މުބާރާތުގެ ސެމީއަށް ރާއްޖެ ދަތުރުކުރީ ބުދަ ދުވަހު ނޭޕާލް ސީދާ ތިން ސެޓުން ބަލި ކުރުމަށްފަހުއެވެ. ގްރޫޕް ސްޓޭޖުގައި ތުރުކަމިނިސްތާނާ ދެކޮޅަށް ކުޅުނު މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

މުޅި މުބާރާތުގައިވެސް ރާއްޖެއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ޓީމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ހުކުރު ދުވަހު ރާއްޖެ ނިކުންނާނީ ތުރުކަމިނިސްތާނާ ދެކޮޅަށެވެ.

މި މުބާރާތަށް ރާއްޖެ ފުރުމުގެ ކުރިން ރާއްޖޭގައި ލަންކާއާއެކު ތިން ރަހުމަތްތެރިކަމުގެ މެޗު ވަނީ ކުޅެފައެވެ. އަދި ރާއްޖެއިން ވަނީ ޔޫރަޕްގެ ސާބިއާގައި ތަމްރީންތަކެއްވެސް ފުރިހަމަކޮށްފައެވެ.

ވޮލީގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އަދި ސަރުކާރުން އަންނަނީ ވޮލީއަށް ކުރިއެރުންތަކެއް ހޯދައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެއިތުރުން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފިރިހެން އަދި އަންހެން ބައި 2020 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑުކުރަން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
23 އޯގަސްޓް 2019 | ހުކުރު 06:49
ޖަޒީރާ 07
ބަލިވެއްޖެ އިނީމަ ބޮޑަށް ހީވަނީ އުޒުބަކިސްތާން ޓިމަށް އޮޅިގެން ނުވަތަ ނޭގި ކުރެވުނު ކަމެއްހެން. ބަދަލުގައި އުޒުބަކިސްތާން ޓީމް ރާއްޖެ ބަލިކޮށްފި އިން ނަމަ މާ ފުރިހަމަ ވީސް.