ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 20:18
ކުރީގެ ރައީސް ޔާމީން(ވ) އަދި އަހުމަދު އަދީބު(ކ)
ކުރީގެ ރައީސް ޔާމީން(ވ) އަދި އަހުމަދު އަދީބު(ކ)
ރައީސް ޔާމީންގެ ޝަރީއަތް
ޔާމީން ފަޟީހަތް ކޮށްލި ޝަރީޢަތް!
 
ފައިސާ ޖަމާކުރަން އިސްލާމިކް ބޭންކުގެ މެނޭޖަރަށް ގުޅުއްވި
 
އެސްއޯއެފްގެ ފައިސާ ޔާމީންގެ ގެއަށް ވެސް ގެންދިޔަ
 
އެސްއޯއެފްއަކީ ގާތް ބައެއްކަން ފޯނުގަ ހުރި މަނިކުފާނުގެ މެސެޖްތަކުން ވެސް އެނގޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިބަސް ނެގުމުގެ ދެވަނަ ޝަރީއަތް ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވީ ނެގި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ހެކި ބަހަށެވެ. ގިނަ ބަޔަކު އުއްމީދު ކުރިގޮތަށް އިތުރަށް ރައީސް ޔާމީން ފަޟީހަތް ވެގެންދިޔަ ޝަރީއަތަކަށެވެ.

މީގެ ކުރިން މިތުރުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުން ހަތުރުންގެ ގޮތުގައި އެއްތަނަނަކުން ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުންނެވެ. އެއީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އަދީބު ހައްޔަރުކޮށް ހުކުމްތައް ކުރުމަށްފަހު އަދި ހުކުމްތަކުން މިނިވަންވެވަޑައިގަތް ފަހުން އެ ދެ ބޭފުޅުން ބައްދަލުވިވި ފުރަތަމަ ބައްދަލުވުމެވެ.

އެމްއެމްޕީއާރުސީ ތެރެއިން ރައްޔިތުންގެ ޚަޒާނާއަށް ވަންނަންޖެހޭ ގިނަ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާ ކަމާއި އެކަމަށް ރައީސް ޔާމީން ވެސް ޒިންމާވާން ޖެހޭނެކަމަށް ވިދާޅުވެ އަދީބު ޖަވާބު ދެއްވަމުން ގެންދެވިއެވެ.

އަދީބުގެ އަނގަ ބަންދުކޮށްލަން ރައީސް ޔާމީން އެންމެ ފުރަތަމަ ކުރެއްވި ސުވާލަކީ އެސްއޯއެފް ކުންފުންޏަކީ އޭނާގެ ގާތްރައްޓެހިން ހިންގި ކުންފުންޏެއް ނޫންތޯއެވެ. ރައީސްގެ އެ ސުވާލަށް އަދީބު ވިދާޅުވީ އެއީ އޭނާގެ ރައްޓެހިންގެ ގޮތަށް ރައީސް ޔާމީނާއި ވެސް ގާތް ގުޅުމެއް ބޭއްވި ފަރާތްތައް ކަމަށެވެ. އެގޮތަށް ވިދާޅުވީ ހެއްކާއެކުއެވެ. އެގޮތުން ރައީސް ޔާމީންގެ ގެ ކޮޅަށް ވެސް ފައިސާ ހިފައިގެން ގޮސް އެފައިސާ ހަވާލުކޮށްފައި ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވިއެވެ.

ފައިސާ ލިބުނީމާ އެއީ ހަލާލު އެއްޗެއްތޯ އެކަކު ވެސް ނުބަލާނެ ކަމަށް ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއޭ ވިދާޅުވާ ވާހަކަ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ދެއްކެވިއެވެ. އަމިއްލަ ގެއަށް ވެއްދި ފައިސާ އޭރު ހަލާލު ވެފައި މިއަދު އެފައިސާ ހަރާމް އެއްޗަކަށްވި ވާހަކައެވެ. ފައިސާގެ ވާހަކަ ދައްކާ މީހުންނަށް ހަމައެކަނި ފެނުނީ އެގެއަށް ފައިސާ ވައްދާތީ ކަމަށް ވިދާޅުވި ވާހަކައެވެ.

ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ އެމަނިކުފާނުގެ ކެންޕެއިނަށް އޭނާ ދެއްވި ފައިސާކަމަށް ޔާމީނު ތަހުގީގުއާއި ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކަށް އަދީބު ރައްދު ދެއްވިއެވެ. އެކަން ހިނގައިދިޔަގޮތް ރައްޔިތުންގެ ކުރިމަތީ އަދީބު ސާފު ކޮށްދެއްވީ ސާބިތު ހިފޭ ހެކިތަކާއެކުއެވެ.

އެސްއޯއެފްގެ ފައިސާ ޖަމާކުރުމަށް އިސްލާމިކް ބޭންކުގެ މެނޭޖަރުގެ ނަންބަރު ހޯއްދަވައި އެމަނިކުފާނުގެ އޯޑަރަށް އެސްއޯއެފްގެ މީހުން ލައްވައި ފައިސާ ޖަމާކުރި ވާހަކަ އެވެ. އަކަން ރައީސް ޔާމީން ކުރެއްވީ އެނގިގެންކަމަށާއި އެވާހަކަ އެސްއޯއެފްގެ މީހުން އޭނާގެ ގާތު ދެއްކި ވާހަކައެވެ.

އަދީބުގެ އެވާހަކަތައް ފަސް އެޅުމަށް ރައީސް ޔާމީން ކުރެއްވީ ސުވާލުތަކެވެ. އެގޮތަށް އެމަނިކުފާނަށް އޯޑަރ ދެއްވިދާނެތޯއެވެ.

ނުކުރެވޭނީ ކީއްވެތޯ ސުވާލުކުރައްވާ އަދީބު ދެއްވީ ޖަވާބެވެ. އެމްއެމްޕީއާރުސީގެ ބޯޑަކީ ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ބޯޑެއްކަމަށާއި އެބޯޑުން ކަންތައް ކުރަނީ ޔާމީން ބޭނުންވާހާ ގޮތަށް ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އެޓޭކް ކުރެއްވިއެވެ. އެހިސާބުން ރައީސް ޔާމީނަށް ޖެހުނީ ހަތިޔާރު ބަހައްޓަވާށެވެ. ވިދާޅުވީ އެކަމަށް ވެސް އިންކާރު ކުރައްވައި ޒިންމާވާން ޖެހޭނީ ތަހުގީގާއި ހަމައިން ކަމަށެވެ.

ރައީސް ޔާމީން ލައްވާފައި އޮންނަ ބޯޑެއް. ރައީސް ޔާމީން ލައްވާފައި އޮންނަ އެމްޑީއެއް. އެމްޑީއަށް އޯޑަރު ދެއްވީމަ ދެން އެ ފެސިލޭޓް ވަމުން އަޅުގަނޑު މީގެއިން ބަރީއަ ވާކަށް ނެތިން.ރައީސް ޔާމީން. އަޅުގަނޑު ވެސް އޭގައި ހުރި، އެހެންވީމާ އަޅުގަނޑުވެސް އަޅުގަނޑުގެ ރޯލާއި އެކީގައި މި ކިޔައިދެނީ އެހެންވީމާ ރައްޔިތުންގެ ފައިސާއަށް ޒިންމާވާން ޖެހޭނެ. އަޅުގަނޑުވެސް ޒިންމާ ވާން ޖެހޭނެ. ހަމައެހެންމެ ރައީސް ޔާމީން ވެސް ޒިންމާ ވާން ޖެހޭނެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
  • އަދީބު: އެހެންވީމާ މިލިއަނުން މިލިއަނުން އަޅުގަނޑަށް މީހުން ކެންޕެއިނަށް ފައިސާ ދެއްވާއިރު ރައީސް ޔާމީން ކައިރީގައި ވިދާޅުވެސް ނުވޭ މީހަކަށް ދެއްވަން ވެސް. އެހެންތޯ ތިވިދާޅުވަނީ.
  • ޔާމީން: އެހެން މި ދަންނަވަނީ.
  • އަދީބު: އެހެންވެއްޖިއްޔާ ތިއީ އިތުރުފުޅެއް އިނގޭތޯ.
  • ޔާމީން: ނޫން އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަކަށް ނޭނގޭ ކޮންމެ މީހަކު ދޭ ކޮންމެ ފައިސާއެއް. ކޮންމެ މީހަކު ދޭ ކޮންމެ އަދަދެއްގެ ފައިސާއެއް އަޅުގަނޑަކަށް ނޭނގޭނޭ. އެހެން މިދަންނަވަނީ.
  • އަދީބު: އެހެން ނަމަވެސް މިލިއަނުން މިލިއަން ޑޮލަރުގެ ފައިސާގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. އެއްވެސް ސިޔާސީ ޕާޓީއެއްގައި ސިޔާސީ ޕާޓީތައް މިއަދުވެސް ޕީޕީއެމް ދަރަނިވެފަ އެއޮތީ. އަދި ހަމައެހެންމެ ހުރިހާ ޕާޓީއަށް ވެސް އެނގިލައްވާނެ މިލިއަނުން މިލިއަނުން ފައިސާ ނުދެއްވާނެ ކެންޕެއިނަކަށް. މީހުންނަށް ނުލިބޭ ފައިސާއެއް. ރައީސް ޔާމީންގެ ކެންޕެއިން ތީއަޅުގަނޑަށް ހީވަނީ ރައީސް ޔާމީން ކެންޕެއިން ތި ކިޔުއްވަނީ، އެމްއެމްޕީއާރުސީގެ ފައިސާއަށް ތި ކިޔުއްވަނީ ކެންޕެއިނެއް ހެން. އެއީ މިހާރު އަޅުގަނޑަށް ސިފަވާ ގޮތަކީ.
  • ޔާމީން: ނޫން ތީ ސިފަވާގޮތް ދެއްތޯ. ތީ ސިފަވާ ގޮތް. ތިވާހަކަ އެއް ނޫން އަޅުގަނޑު މި ދެންނެވީ.

އަދީބު ވިދާޅުވާގޮތުން ރައީސް ޔާމީނަށް ކުރައްވާ ތުހުމަތުތައް އެމަނިކުފާނު އޭނާގެ "ބޮލަށް ކަނޑާލަނީ"އެވެ. ފުލުހުންގެ ތަހުގީގުގައިވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ އިސްލާމިކް ބޭންކަށް ޖަމާވީ އަދީބު ދެއްވި ކެންޕެއިން ފައިސާއޭ ވިދާޅުވެފައިވާކަމަށެވެ.

އަދީބު ވިދާޅުވީ އޭނާ ރައީސް ޔާމީނަކަށް އެސްއޯއެފްގެ ކެންޕެއިން ފައިސާއެއް ދެއްވާފައި ނުވާނެކަމަށެވެ. 2015 ވަނަ އަހަރަކީ ރާއްޖޭގައި އެއްވެސް އިންތިޚާބެއް ބޭއްވި ދުވަސްވަރެއް ނޫންކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރަކީ ކޮން ކެންޕެއިނަކަށް އަދީބު ދެއްވި ފައިސާކަމެއް ޔާމީން ވިދާޅުވެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއީ އެމަނިކުފާނު ކުރައްވާ ސުވާލަށް ޖަވާބު ދެއްވަނީ ނޫން ކަމަށާއި އެމަނިކުފާނުގެ ސުވާލަކީ ފުލުހުންގެ ތަހުގީގުގައި އަދީބާއި ސުވާލު ކޮށްފައިވަނީ ކޮންކަމަކާއި ގުޅިގެން ތޯއެވެ. އަދީބު ވިދާޅުވީ ފުލުހުންގެ ސުވާލަކީ ރައީސް ޔާމީނަށް ކެންޕެއިން ފައިސާ ދެއްވިތޯ ނޫންތޯ ކަމަށެވެ.

ނޫން ނޫން އަޅުގަނޑުގެ ސުވާލަކަށް ނޫން ތި ޖަވާނު ދެއްވަނީ. އަޅުގަނޑުގެ ސުވާލަކީ މީ ވޮޑަމުއްލާއާއި ގުޅޭ ގޮތުން އެއް މިލިއަން ޑޮލަރާއި ގުޅޭ ގޮތުން ފައިސާ ވަތް ތޯ ނޫންތޯ ސުވާލު ކުރިހޭ ނުކުރޭހެއްޔޭ އެއާއި ބެހޭ މައުލޫމާތެއް އެނގޭހޭ ނޭނގޭހެއްޔޭ ފުލުހުންނަށް އެއާއި ބެހޭ މައުލޫމާތަކަށް ސްޓޭޓްމަންޓެއް ދެއްވަން ފުލުހުން ސުވާލު ކުރިތޯ ނޫންތޯ. ކެންޕެއިނަކާ މިކަމަކާ ގުޅުމެއް ނެތް
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކެންޕެއިން ފައިސާ އަޅުގަނޑު ދެއްވިއޭ އެއީ މި ލާރިއޭ މަނިކުފާނު ވިދާޅުވެފައި އޮތީ. އެހެންވެ އެގޮތުގެ މަތިން އަޅުގަނޑާއި ސުވާލު ކުރެވުނީ. ކެންޕެއިން ފައިސާގެ ގޮތުގައި ފައިސާދިން މައުލޫމާތު ދެއްވިހޭ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި ނިންމަވާލަމުން އަދީބު ވިދާޅުވީ 2015ގެ އޮކްޓޯބަރުގައި އިންތިޚާބެއް ވެސް އަދި ކެންޕެއިނެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ފައިސާ މެނޭޖް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދީބު ހެކި ބަސް ދެއްވި އިރު އޭނާގެ ހެކި ބަސް ނުނެގުމަށް މީގެކުރިން ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. އެއީ އަދީބުގެ ހިތުގައި ރައީސް ޔާމީންއާ ދެމެދު އަދާވަތްތެރިކަން އޮވެދާނެތީކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެފަދަ އަދާވަތްތެރިކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ހެކި ބަސް ނަގާނެ ކަމަށެވެ.

ޝަރީއަތުގައި ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީ ވެސް އެސުވާލެވެ. އެމަނިކުފާނާމެދު އަދީބުގެ އެއްވެސް ހިތްބުރު ކަމެއް އެބަ އޮތްތޯއެވެ. އެއަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާއަކީ އަނިޔާވެރި ވެރިކަމެއްގެ ޝިކާރައަކަށްވީ މީހެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާއި އޭނާއަށް އަނިޔާވެރިވި އެންމެންނަށް އޭނާގެ ހިތުގެ އަޑިން މާފު ކޮށްފައިވާ ކަމަށެވެ. އަދި ހެކިބަސް ދިނުމުގައި އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ޝަރީއަތުގައި ހެކިބަސް ދެއްވީ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
14%
1%
4%
3%
70%
ކޮމެންޓް
24 އޯގަސްޓް 2019 | ހޮނިހިރު 21:32
މަރޭ
އަމިއްލަ އަށް ބެދުނީ އަދީބު އާ ޒިޔަތު.ޔާމިނު ނުބުނޭ ގާނޫނާ ހިލާފު ކަމެއް ކުރިކަމަކަށް.އެކަމަކު ދެން ތިބި ދެމީހުން ބުނީއެންގެވިގޮތަށް ކަންކުރިވާހަކަ.ލޯންޗުގޮށްވުްްން ވިޔަސް. އެކަމަކު ކަންކުރަން ޖެހެނީގާނުނުގަ އޮންނަގޮތަށް މިހަކު ބުނީމަވައްކަމެއް ނުކުރެވޭނެ. ޔާމ،ިނު ބޭޒާރުވިޔެ ބުނެވެކަށް ނެތް އެހެން ބުނަނީ ވާނުވަނޭގެމިހުން.
24 އޯގަސްޓް 2019 | ހޮނިހިރު 12:02
ރަހީމު
ޔާމީނު ޖަލަށްލައި...
22 އޯގަސްޓް 2019 | ބުރާސްފަތި 20:56
އަދީބު
އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފަށް ޖަމާކުރުމަށާއި އެހެން އިދާރާތަކުން ކްލިއަ ކުރުމުގެ އޯޑަރު ދެއްވަނީ ޔާމީން ނޫންތޯ؟
22 އޯގަސްޓް 2019 | ބުރާސްފަތި 20:55
ގާޒީ
ކޯޓުގައި ޔާމީން ބޭނުންހާ އެއްޗެއް ކިޔާ ޑްރާމާކުޅެން ގާޒީ ފުރުސަތު ދެއްވުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް.
22 އޯގަސްޓް 2019 | ބުރާސްފަތި 20:54
ގަނީ
ސުވާލަކީ ކެންޕޭނެއް ނެތްއިރު ޔާމީނު އެބުނާ ސަރުކާރު ދަމަހައްޓަން ލިބުން ލާރި އެއީ ސަރުކާރު ދަމަހައްޓަން ކޮންބަޔަކަށް ދޭޭން ހޯދި ލާރިއެއްތޯ.. މިކަން ތަހުގީގު ކުރަން ޖެހޭ.
22 އޯގަސްޓް 2019 | ބުރާސްފަތި 20:54
ލޮލް
ފައިސާ ފައިސާ....ބޯ ހަލާކު. ސަހާދެއް
22 އޯގަސްޓް 2019 | ބުރާސްފަތި 20:53
ލޮލް
އޮންނާނީ ބޮޑި ބޮވިފައެއްނު