ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 13:00
ކުރީގެ ރައީސް ޔާމީން އާއި އަދީބު
ކުރީގެ ރައީސް ޔާމީން އާއި އަދީބު
ސަން އޮންލައިން
ޔާމިން - އަދީބް
ރައީސް ޔާމީނަށް މާފުކޮށްފިން: އަދީބު
 
ހުރިހާ އެއްމެންނަށް ވެސް މާފުކޮށްފިިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް މާފުކޮށްފި ކަމަށާއި، އެމަނިކުފާނާ ދޭތެރޭ އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށް ޔާމިންގެ ވެރިކަމުގައި ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުލް ޢަފޫރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރައީސް ޔާމިންގެ ޝަރިއަތުގައި ދައުލަތުން ހެއްކެއްގެ ގޮތުގައި އަދީބް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ޝަރިއަތުގެ މަޖިލީހުގައި ހެކިބަސްދެމުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ އަށް ހިޔާނަތްތެރިވި ކަމަށް އެއްވެސް އިރެއްގައި އިއުތިރާފް ވެފައިނުވާނެ ކަމަށެެވެ. އެހެން ނަމަވެސް ދައުލަތުން ބޭނުންވާ މައުލޫމާތު ތަހުގީގަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދީބު ވިދާޅުވީ، އޭނާ ޖަލަށްލައި އަނިޔާދިނީ ހުރިހާ ފަރާތްތަކަށްވެސް މާފުކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންއާ އެއްވެސް ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވެސް މާފުކޮށްފައިވާ ކަމަށެވެ. އަދި ހެކިބަސް ދެނީ އެއްވެސް ބައެއްގެ ނުފޫޒަކުން ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
31%
0%
25%
0%
31%
ކޮމެންޓް