ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 12:29
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް ޔާމިންގެ ޝަރީއަތް
ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނަކީ އަޅުގަނޑާ ކޮންސަލްޓް ކޮށްގެން ނެރުނު ބަޔާނެއް ނޫން: އަދީބު
 
ފުރާނައަށް ނުރައްކާ އޮތް ކަމަށް ގަބޫލު ކުރައްވަން
 
އަދީބު ވިދާޅުވީ ސީދާ ކޮންސަލްޓް ކޮށްފައި ނުވާ ކަމަށް
 
ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ވަނީ އިންޑިއާއިން ހިމާޔަތް ހޯދަން އެދިފައި

ފިއްލަވައިގެން އިންޑިއާއަށް ދިޔަ ފަހުން، ކުރީގެ ނައިބު ރައީސް އަދީބުގެ ފުރާނައަށް ނުރައްކަލެއް އޮތްކަމަށް ބުނެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނަކީ އެމަނިކުފާނާ ކޮންސަލްޓް ކުރުމަށް ފަހު ނެރުނު ބަޔާނެއް ނޫން ކަމަށް އެއީ ސީދާ އެމަނިކުފާނުގެ ލީގަލް ޓީމެއް ނޫންކަމަށް އަދީބު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ދިފާއުން ކުރިމަތިކުރެއްވި ސުވާލެއްގެ ޖަވާބުގައި އަދީބު ވިދާޅުވީ، ހެކިބަސް ދެއްވަން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށެވެ. މިހާރު އޮތް ސަރުކާރުން އެއްވެސް ވަރަކަށް ބިރުދައްކާފައި ވޭތޯ ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ ނުދައްކާ ކަމަށެވެ.

ނުރައްކާތައް އައިސްފައިވާ ކަމަށާއި، އޭގެ ތެރޭގައި މިހާރުވެސް ދައުލަތުގެ ވުޒާރާތަކުގައި ތިއްބެވި ބޭފުޅުން އެބަތިއްބެވި ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހެކިބަސް ދޭން ނިންމެވީ ދިވެހި ރައްޔިތުންނާ ހަމައަށް ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން ކަމަށާއި ހެކިބަސް މިދެނީ މިނިވަންކަންމަތީ ހުރެގެން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
44%
6%
0%
6%
11%
33%
ކޮމެންޓް