ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 12:10
ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވާޙަކަފުޅުދައްކަވަނީ
ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވާޙަކަފުޅުދައްކަވަނީ
ޓްވިޓަރ
ރައީސް ޔާމިންގެ ހިޔާނާތުގެ މައްސަލަ
އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން ރައީސް ޔާމިން ގުޅުއްވި: އަދީބު
 
ގއ،ވޮޑަމުއްލާ ރިސޯޓެއް ހަދަން ދޫކުރަން އަވަސްކުރައްވަން ރައީސް ޔާމިން ވިދާޅުވި
 
އެމްއެމްޕީއާރްސީ ފައިސާ ހޯއްދަވަން ރައީސް ޔާމިން ގުޅުއްވި
 
ކެމްޕެއިން ފައިސާއެއް ހޯއްދަވަން ރައީސް ޔާމިން ނުގުޅުއްވާ

ކެމްޕެއިނަކާ ގުޅޭ އެއްވެސް ފައިސާއެއްގެ ވާހަކަ 2015 ވަނަ އަހަރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމިން ނުދައްކަވާ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރްސީއާ ގުޅޭ ފައިސާގެ ކަންތައްތަކުގައި ވަރަށް ގިނައިން ވާހަކަދެކެވުނު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަބްދުލް ގަފޫރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، ރައީސް ޔާމިން ވަރަށް ގިނައިން އެމްއެމްޕީއާރްސީގެ ފައިސާ ހޯއްދަވަން ގުޅުއްވާ ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ފައިސާ ހޯއްދަވަން ގުޅުއްވާފައިވާ ކަމަށެވެ.

ކެމްޕެއިންގެ ފައިސާގެ ވާހަކަ ކިޔައި ދެއްވަމުން އަދީބު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން ޕީޕީއެމްއަށް އެކި ފަރާތްތަކުން ފައިސާ ދެއްވާފައިވާ ކަމަށާއި، އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތައް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދީބު ވިދާޅުވީ އެހެން ފައިސާ ލިބޭ އިރުވެސް އެންމެ ގިނަވެގެން މީހެއްގެ އަތުން ލިބިފައިވަނީ ލައްކައެއް ދެ ލައްކައެއްހާ ރުފިޔާ ކަމަށެވެ. ކެމްޕެއިނަށް ފަންޑް ރެއިޒް ކުރަނީ އިންތިހާބެއް ބޯމަތިވުމުން ކަމަށް އަދީބުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދީބު އިތުރަށް ވިދާޅުވީ 2013 އަދި 2014 ގައި އިލެކްޝަންތަކެއް ކުރިޔަށް ދިޔަ ކަމުގައިވީ ނަމަވެސް، 2015 ގައި އެއްވެސް އިލެކްޝަނެއް ބާއްވާފައި ނުވާ ކަމަށާއި އެހެންކަމުން އޭރު ރައީސް ޔާމިންއަށް ދޭންޖެހޭ ކެމްޕެއިންތަކާއި ގުޅޭ އެއްވެސް ފައިސާއެއް ނުހުންނަވާނެ ކަމަށެވެ. އަދި ނެތް އިލްކެޝަނަކަށް އެއްވެސް ބަޔަކު އެޑްވާންސް ކޮށް ފައިސާއެއް ދެއްވާފައި ނުވާކަމަށް ވެސް އަދީބު ވިދާޅުވިއެވެ. ކެމްޕެއިން ފައިސާއާ ގުޅޭ އެއްވެސް ފައިސާއެއްގެ ކަމަކާ ރައީސް ޔާމިން ނުގުޅުއްވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހު ވެސް، އިތުބާރު ކުރައްވާ ކަމަށާއި ކުރައްވަން ހުރި މަސައްކަތާއި ގެން ކުރިއަށް ގެންދަވަން ރައީސް ޔާމިން އިރުޝާދު ދެއްވި ކަމަށެވެ. ކެމްޕެއިން ފައިސާ ދެއްވަން ނުބުނުއްވި ނަމަވެސް، އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅިގެން ވަރަށް ގިނައިން އެ ފައިސާ ހޯއްދަވަން ގުޅުއްވި ކަމަށް އަދީބު ހެކިބަސް ދެއްވިއެވެ. އަދި ރައީސް ޔާމިން އެދިލެއްވި ގޮތަށް އެމްއެމްޕީއާރްސީއިން ރަށްތަށް ކުއްޔަށް ދީގެން ލިިބިފައިވާ ފައިސާ އެކި ފަހަރު މަތިން ރައީސް ޔާމިންއާއި ރައީސް ޔާމިން އެދިލެއްވި އެހެން ފަރާތްތަކާއި ވެސް ހަވާލުކޮށްދެއްވާފައިވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބު އިއުތިރާފުވެވަޑައިގެންނެވިއެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހުވެސް ރައީސް ޔާމިން ގުޅުއްވާފައި މުޅިން ވެސް ދެއްކެވީ އެމްއެމްޕީއާރްސީގެ ފައިސާގެ ވާހަކަކަމަށް އަދީބު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަޅެއްގެ ފައިސާއާއި ގއ.ވޮޑަމުއްލާ ކިޔާ ރަށެއްގެ މުއާމަލާތްތައް އަވަސްކޮއްދެއްވުމަށް އެދި ދެއްކެވި ވާހަކަކަމަށް އަދީބު ފާހަގަކުރެއްވިއެވެ. ވޮޑަމުލާ އަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށެކެވެ. އެރަށް ކުއްޔަށް ދީފައިވަނީ ޔުނައިޓެޑް ޔުނައިޓެޑް އިންޓަރނޭޝަނަލް ހޮޓެލްސް ގްރޫޕް ކޯ.ޑަބްލިޔު.އެލް.އެލް ނަމަކަށް ކިޔާ ކުވެއިތުގެ ކުންފުންޏަކަށެވެ.

6%
39%
0%
44%
11%
0%
ކޮމެންޓް