ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 10:40
ޖިއާންގެ ކޮއްކޮ ކުޑައިރު އޭނާއާއެކު ނަގާފައިވާ ފޮޓޯއެއް
ޖިއާންގެ ކޮއްކޮ ކުޑައިރު އޭނާއާއެކު ނަގާފައިވާ ފޮޓޯއެއް
ރާއްޖެއެމްވީ
ރައުޝަން ޖިއާން
ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!
 
މައްސަލައާ ގުޅޭގޮތުން 6 މީހަކަށް ވަނީ ދައުވާކޮށްފައި
 
އެސެމްބްލީވެސް ފަށާފައިވަނީ އޭނާގެ އަޑުން ކިއެވި ސޫރަތަކުން
 
އޭނާ ބޭނުންވީ "ޔުނިކޯން" ތީމެއްގައި ފާހަގަކުރަން

ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ނިމިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ދުނިޔެ ދޫކުރި ރައުޝަން ޖިއާންގެ މައިންބަފައިންނާއި އޭނާގެ ކޮއްކޮ، ޖިއާންގެ 9 ވަނަ އުފަންދުވަސް ފާހަގަކުރީ ޖިއާންގެ ހަނދާންތައް ދުވަހަކުވެސް ފަނޑުވެގެން ނުދާނެ ކަމަށް ބުނަމުންނެވެ. އޭނާއަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަން ހަނދުމަ ކޮށްދެމުންނެވެ.

ޖިއާންގެ މަންމަ ފަރްޒާނާ "ރާއްޖެއެމްވީ" އަށް ކިޔާދިން ގޮތުގައި މިއަހަރުގެ އުފަންދުވަސް ޖިއާން ފާހަގަކުރަން ބޭނުންވީ "ޔުނިކޯން" ތީމެއްގައެވެ. އެގޮތުން މިއަހަރުގެ އުފަންދުވަސް ފާހަގަކުރުމުގެ ހުވަފެން އޭނާ ދެކެމުން އަންނަނިކޮށް އެ ހިތާމަވެރި ހާދިސާގައި ޖިއާންގެ ކުޑަކުޑަ ފުރާނަ މި ދުނިޔެއާ ވަކިވެފައިވާއިރު، ޖިއާންގެ މައިންބަފައިން މި ވަނީ އޭނާގެ އުފަންދުވަސް ފާހަގަކޮށްދީފައެވެ. ޖިއާން ބޭނުންވިހެން ޔުނިކޯން ތީމެއްގައެވެ. ޖިއާން ބޭނުންވި ގޮތަށް އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ އޭނާގެ ކްލާސް ކުދިންނާއެކުގައެވެ. ލޮލުގައި ހުރި ކަރުނަތައް ވަރަށް ހިތްވަރުން އޮއްބާލައިގެންނެވެ.

ޖިއާންގެ އުފަން ދުވަހުގެ ހަދިޔާ ތައްޔާރުކުރުން

ޖިއާންގެ އުފަންދުވަހާ ގުޅިގެން އޭނާ ކިޔަވަމުންދިޔަ ސުކޫލު ކަމަށްވާ ފ.އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދުގެ އެސެމްބްލީވެސް ފަށާފައިވަނީ އޭނާގެ އަޑުން ކިޔަވާފައިވާ ޤުރުއާނުގެ ސޫރަތަކުންނެވެ. ޖިއާންގެ މަންމަ ބުނި ގޮތުގައި އެސެމްބްލީގައި ޟުހާ ސޫރަތް ކިޔަވާލުމަކީ އޭނާ ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ޖިއާންގެ މަރަށް ފަހު އޭނާގެ މައިންބަފައިން ހަޤީޤަތަކަށް ހަދާދީފައިވާއިރު، ސުކޫލުގެ ޕްރިންސިޕަލާއި، ކިޔަވާ ކުދިންގެ އިތުރުން ސުކޫލުގެ މުވައްޒަފުންވެސް ވަނީ ޖިއާންގެ ހަނދާން އައު ކޮށްފައެވެ.

ރައުޝަން ޖިއާންގެ އާއިލާ

ރައުޝަން ޖިއާންގެ 3 އަހަރުގެ ކޮއްކޮ ރައުޝަން އަޒާންވެސް މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، ދައްތަގެ ކްލާސް ކުދިން ގާތަށް ވަކިވަކިން ގޮސް އަޒާން ވަނީ ޖިއާންގެ އުފަންދުވަހުގެ ހަދިޔާ އެކުދިންނަށް ބަހާފައެވެ. މި މަންޒަރު ސިފަކޮށްދެމުން ޖިއާންގެ މަންމަ ބުނީ، ކިރިޔާވެސް ހިތަށް ހިތްހަމަޖެހުމެއް ލިބެނީ ޖިއާންގެ ހަނދާން އާކުރާ ވަގުތުގައި ކަމަށާއި، ޖިއާންއަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ދައްތަގެ އުފަންދުވަހުގެ ހަދިޔާ ބެހުމުގައި އޭނާގެ ކޮއްކޮ އަޒާން

އެގޮތުން މާލެއަށް ކުރި ދަތުރެއްގައި ޖިއާން މަރުވިގޮތް އޭނާގެ މައިންބަފައިން ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި ހިއްސާ ކޮށްފައިވާއިރު، ޖިއާންގެ އަތުގައި ހިފައިގެން ދިޔަ އިރު ބައްޕަ ގާތަށް ދިއުމަށް އޭނާ ޝަކުވާ ކުރަމުން ދިޔަ ކަމަށާއި، ޖިއާން ޝަކުވާ ކުރާ ވަރުން ކުޑަ ވަގުތުކޮޅަކަށް އަތުން ދޫކޮށްލި ކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ. އަދި ސިމެންތި ބަސްތާ ވެއްޓުނު ވަގުތު އެއްވެސް އަޑެއްވެސް ނީވޭތީ ޖިއާން ހުރީ އޭނާގެ ބައްޕަ ކައިރީގައި ކަމަށް ހީކުރެވުނު ނަމަވެސް ވާނުވާ އެނގުނު އިރު ޖިއާން އޮތީ ސިމެންތި ބަސްތާ ދަށުވެ ހޭނެތިފައި ކަމަށް ޖިއާންގެ މަންމަ ބުނެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، މައްސަލައާ ގުޅޭގޮތުން 6 މީހަކަށް ވަނީ ދައުވާކޮށްފައެވެ.

ރައުޝަން ޖިއާންއާއި އޭނާގެ ކޮއްކޮ އަޒާން

އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ޖިއާންގެ 9 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާއިރު، އޭނާގެ މަރުގެ ހާދިސާއަށް 8 މަސް ވަނީ ވެފައެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ކަންކަން ރަނގަޅުވެގެން ދިއުމަކީ އެ އާއިލާގެ އެންމެ ބޮޑު އުއްމީދު ކަމަށް ޖިއާންގެ މަންމަ ފަރްޒާނާ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
1%
0%
95%
2%
0%
1%
ކޮމެންޓް
23 އޯގަސްޓް 2019 | ހުކުރު 04:00
ޖިއާން އަށް ސުވަރުގެ މިންވަރު ކުރައްވާށި
ބައްޕަ ހުރިތޯ. މީއަދި އެހެން ވާހަކައެއް. އެވީޑިއޯއިން ފެންންނީ ޖިއާން މާކުރިންދާތަން. އަދި މަންމަ ފަހަތުގަ ހުރިތަން. ބަސްތާ ވެއްޓުމުންވެސް ފުރަތަމަ،މަންމަ ބެލީ އަތުގައޮތް ފައިލާއި ގައިން ހިރަފުސް ފޮޅޭތޯ. މާފަހުން ޖިއާން ކޮބައިތޯ ބެލީވެސް . ވަރަށްދެރަވޭ މިހެން ބުނަންވެސް. އަސްލު ދަރިފުޅު އެކަނި ދޯކޮށްގެންނުވާނެ އަދި ހަދަމުންދާ ބިލްޑިންގްއެއް ދަށުން. އެންމެ ދެރަވީ ހާދިސާ ހިނގީމަވެސް އަތުގައޮތްފައިލް ހަމަކުރެވޭތޯ ބެލުމުން. :(