ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 23:36
ދިވެހި ފިލްމް \"ލީނާ\" ގެ ޕޯސްޓަރު
ދިވެހި ފިލްމް "ލީނާ" ގެ ޕޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމް އިންޑަސްޓްރީ
މުއާގެ "ލީނާ" ޝްވެކް ސިނަމާއަށް!
 
ލީނާ ރިލީޒް ކޮށްފައިވަނީ މިދިޔަ މަހު 24 ގައި
 
"ލީނާ" ޝްވެކްގައި އެޅުވުމަށް ހަމަޖެހިފައިވަނީ 29 އިން ފެށިގެން

މައުސޫމް އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކާމިޔާބު ފިލްމް "ލީނާ" ހުޅުމާލެ ޝްވެކް ސިނަމާގައި އެޅުވުމަށް ނިންމައިފިއެވެ.

މި ފިލްމް ޝްވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮގަސްޓް މަހުގެ 29 އިން ފެށިގެންނެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މުއާ ބުނީ މި ފިލްމް ޝްވެކް ސިނަމާގައި އެޅުވުމަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މާލޭގައި 15 ޝޯއެއް އަޅުވާފައިވާއިރު އޭގެ ތެރެއިން 11 ޝޯވަނީ ހައުސްފުލް ވެފައެވެ.

ޝްވެކް ސިނަމާގެ އިތުރުންވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މި ފިލްމް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީ އާއި، ފުވައްމުލައް ސިޓީ، ރ، މ، ނ، ޅ އަދި ލ އަތޮޅުގައިވެސް މި ފިލްމް ރިލީޒް އެޅުވުމަށް ވަނީ ހަމަޖެފައެވެ.

އއ. އުކުޅަހުގައި ނަގާފައިވާ މި ފިލްމު ޕްރިމިއާ ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ފިލްމަކީ އަސްލު ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށް ބުނެ އާއްމުންގެ ގިނަ ފާޑުކިޔުންތަކަށް އަމާޒުވިއެވެ. އެހެން ނަމަވެސް އެއީ އަޒްލީނާގެ ދިރިއުޅުމުން '' އިންސްޕަޔާ'' ވެގެން ހަދާފައިވާ ފިލްމެއް ކަމަށް މުއާ ވަނީ ބުނެފައެވެ. މުއާ ބުނީ، އޭގެ ސަބަބުން ފިލްމަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށާއި، ފިލްމު ވަރަށް ކާމިޔާބު ކަމަށެވެ.

މީގެ 10 އަހަރު ކުރިން 2001 ވަނަ އަހަރުގެ އޭޕްރީލް މަހު ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އަޒްލީނާއަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކެޓްރީއެވެ. އޭނާގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާފައި ހުރި އަބްދުﷲ ޒުހައިރު ވަނީ ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންދިޔަތާ 11 އަހަރު ފަހުން 2014 ވަނަ އަހަރު މިނިވަން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް